Hurihaa idhaaraa eh hulhuvendhen Trump ge Riyaasee Bayaan ihvun faskohfi
image
ޓްރަމްޕް: ރިޔާސީ ބަޔާން އިއްވުން އޮންނާނީ ހުރިހާ އިދާރާއެއް ހުޅުވުމުން.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ހުރިހާ އިދާރާ އެއް ހުޅުވެންދެން ޓްރަމްޕްގެ ރިޔާސީ ބަޔާން އިއްވުން ފަސްކޮށްފި

އެމެރިކާ ސަރުކާރުގެ ބައެއް އިދާރާތައް ހުއްޓުމަކަށް އައިސްފައިވާތީ، އެ މައްސަލަ ހައްލު ކުރެވެންދެން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި އަހަރުގެ ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސް ނުވަތަ ރިޔާސީ ބަޔާން އިއްވުން ފަސްކޮށްފި އެވެ.
ރިޔާސީ ބަޔާން އިއްވުން ފަސްކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެގޮތުން ހައުސް އޮޕް ރެޕްރެޒެންޓޭޓިވްގެ ސްޕީކާ ނޭންސީ ޕެލޯސީ އިއްޔެ ވަނީ، ރިޔާސީ ބަޔާން އިއްވަން ޓްރަމްޕަށް ދެއްވި ދައުވަތު އަނބުރާ ގެންގޮސްފަ އެވެ.

ދައުވަތު އަނބުރާ ގެންދިއުމުގެ ކުރިން، ޓަރްމްޕް ވަނީ ރިޔާސީ ބަޔާން ކުރިން ދެއްވާނެ ކަމަށާއި އެ ބަޔާނުގައި މުހިންމު ކަންތައްތަކެއް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން ކުރި ޓްވީޓެއްގައި ޓްރަމްޕް ވަނީ ނޭންސީ ޕެލޯސީ ސްޓޭޓް އޮފް ދަ ޔޫނިއަން ބޭއްވުމަށް ދެކޮޅު ހެއްދެވުމުން ރިޔާސީ ބަޔާން އިއްވުން ފަސްކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޓަރަމްޕެގެ ޓްވީޓާއި ގުޅިގެން ނޭންސީ ޕެލޯސީ ވަނީ ހުއްޓުމަކަށް އައިސްފައިވާ ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ހައުސް އިން ފާސްކޮށްފައިވާ ގޮތަށް ޓްރަމްޕް އެއްބަސްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވަރަށް އަވަހަށް ރިޔާސީ ބަޔާން އިއްވާނެ ކަމަށް ޓްރަމްޕްގެ ޓްވީޓުގައި ވިދާޅުވެފައިވާތީ، ހައުސް އިން ފާސްކޮށްފައިވާ ގޮތަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ޓްރަމްޕް އެއްބަސްވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ނޭންސީ ޕެލޯސީގެ ޓްވީޓްގައި ވެއެވެ.

އެމެރިކާ ސަރުކާރުގެ ބައެއް އިދާރާތަކުގެ ބަޖެޓް ހުސްވެގެން ހުއްޓުމަކަށް އައިސްފައިވާތާ 34 ދުވަސް ވެފައިވާއިރު، ޓްރަމްޕް އަދި ވެސް ގެންދަވަނީ މެކްސިކޯ ބޯޑަރުގައި އަޅަން ވައުދުވި ފާރަށް ބޭނުންފާ ފަސް ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިދިކޮޅުން އެކަމަށް އެއްބަސް ނުވެ، އިދާރާތައް ހުއްޓުމަކަށް އައުން ވަނީ ދިގުލައިގެން ގޮސްފަ އެވެ.
ހިޔާލު