Drama huttaluma gulhey gothun Raman buni keekey kan ingeytha?
image
ކަރަން---
0 ކޮމެންޓް
 

ޑްރާމާ ދެއްކުން ހުއްޓާލުމާ ގުޅޭގޮތުން ރަމަން ބުނީ ކީކޭކަން އެނގޭތަ؟

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ 'ޔޭ ހޭ މޮހައްބަތެއިން' ހުއްޓާލަން އުޅޭކަމަށް ބުނާ ވާހަކަ އާ ގުޅޭގޮތުން ޝޯގެ ލީޑު ރޯލުން ފެންނަ ރަމަން ނުވަތަ އަސްލު ނަމުންނަމަ ކަރަން ޕަޓޭލް ވާހަކަ ދައްކައިފިއެވެ.
ދާދި ފަހުން އިންޑިއާގެ ނޫސްތަކުން ވަނީ ސްޓާ ޕްލަސް އިން އާ ޝޯތަކެއް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ތިން ޝޯއެއް ދެއްކުން ހުއްޓާލަން ނިންމާފައިވާއިރު އޭގެ ތެރޭގައި "ޔޭ ހޭ މޮހައްބަތެއިން" ވެސް ހިމެނޭ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫހަކުން ޝޯ ހުއްޓާ ލުމާބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ކަރަން އަށް ކުރި ސުވާލަށް ޖަވާބު ދެމުން ކަރަން ބުނީ ޝޯ ހުއްޓާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ އެތައް ފަހަރު އޭނާއަށް ވެސް އަޑު އިވިފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ޔަގީން ކަމާއެކު އެއްޗެއް ބުނަން ނޭންގޭ ކަމަށް ކަރަން ވަނީ ބުނެފައެވެ. މީގެ ކުރިން އެޝޯގައި ލީޑު ބަތަލާގެ ރޯލުން ފެނިގެންދާ އިޝިތާ އަސްލު ނަމުން ނަމަ ދިވިޔަންކާ ތުރިޕާތީ ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ދިވިޔަންކާ ބުނީ އޭނާ އަށް އަދި ޔަގީން ނޫން ކަމަށެވެ. އަދި އެޝޯ ހުއްޓާލާނެ ހެން ހީނުވާ ކަމަށާއި އެއީ ހަގީގަތް ކަމަށް އުންމީދު ކުރާކަމަށް ވެސް ދިވިޔަންކާ ވަނީ ބުނެފައެވެ.

އެޝޯއަށް މިހާރު ފަސް އަހަރު ފުރިފައިވާއިރު އެޝޯ ހުއްޓާލަން އުޅޭކަމަށް މީގެ ކުރިން އެތަށް ވާހަކަތައް ވަނީ ފެތުރިފައެވެ.

ޔޭ ހޭ މޮހައްބަތެއިން ޑްރާމާ ދައްކަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެޑްރާމާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އެޑްރާމާގައި މަސައްކަތްކޮށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
ހިޔާލު