Artificial beach ge masakkaiy lasvanee huhdha thakeh nulibigen, nimeyne dhuvaheh neyngey
image
އާޓިފިޝަލް ބީޗު ސަރަހައްދު ތަރައްގީކުރަނީ --
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އާޓިފިޝަލް ބީޗުގެ މަސައްކަތް ލަސްވަނީ ހުއްދަތަކެއް ނުލިބިގެން، ނިމޭނެ ދުވަހެއް ނޭނގޭ

ބޮޑެތި ބަދަލުތަކާއެކު ރޯދަ މަހުގެ ތެރޭގައި ހުޅުވަން ބުނި އާޓިފިޝަލް ބީޗުގެ މަސައްކަތް ލަސްވަނީ ބައެއް ހުއްދަތައް ނުލިބިގެންކަން ސީއެންއެމް އަށް އެނގިއްޖެ އެވެ.
އާޓިފިޝަލް ބީޗު ޕާކެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ފަށާފައިވާއިރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

އެމްޓީސީސީން ކުރިން ބުނީ އެތަން ރޯދައަށް ނިންމައި ދިނުމަށް ރައީސް އޮފީހުން އެދިފައި ވާތީ ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތްކޮށްގެން ރޯދަ މަސް ފެށެންވާއިރަށް އެތަން ހުޅުވޭނެ ކަމަށް ކުރިން އިއުލާން ކުރި އެވެ. ނަމަވެސް ރޯދަމަސް ދެބައިވިއިރުވެސް އެތަނުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.

ސީއެންއެމް އަށް މައުލޫމާތި ލިބިފައިވާ ގޮތުގައި އާޓިފިޝަލް ބީޗުގެ މަސައްކަތް ލަސްވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުލިބިގެންނެވެ.

އެގޮތުން ޕްލޭނިން މިނިސްޓްރީގެ ހުއްދަތަކެއް ބޭނުންވާއިރު، އެތަނުގައި ހުރި ރުއްތައް ނެގުމަށް އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާ، އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ބޭނުންވެ އެވެ.

އާޓިފިޝަލް ބީޗް ތަރައްގީ ކުރަން މާލެ ސިޓީ ކައުންސިލުން އެމްޓީސީސީއާ ހަވާލު ކުރުމުން، އެ ކުންފުނިން ބުނީ އެތަން ތަރައްގީކޮށް ނިމޭނީ ޒަމާނީ ޕާކެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އިތުރު ގަސްތައް އިންދައި، ބެންޗު ޖަހާ، މޫދަށް އެރޭ ސަރަހައްދު ފުންކޮށް، ލައިފް ގާޑުންނަށް ހާއްސަ ޕޯސްޓުތަކެއް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާޓިފިޝަލް ބީޗު ސަރަހައްދު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ މުއްދަތު ހަމަވީ މިދިޔަ އޭޕްރިލް މަހު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2018 ވަނަ އަހަރު ވަނީ އާޓިފިޝަލް ބީޗު ތަރައްގީ ކުރަން ކަމަށް ބުނެ އެތަނުގައި ހުރި ސްޓޭޖް ތަޅާލައި ގިނަ ގަސްތަކެއް ކަނޑާލާފައެވެ.
ހިޔާލު

އަލިސް

ބަރަވެލި ސަރުކާރު