Raees Solih ah Saudi ga hoonu maruhabaa eh kiyaifi
image
ސައުދީގެ ރޯޔަލް ޕްރޮޓޮކޯލްގެ މިނިސްޓަރު ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ރައީސް ސޯލިހަށް ސައުދީގައި ހޫނު މަރުހަބާއެއް ކިޔައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވުމުން އެގައުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވީ ސައުދީގެ ރޯޔަލް ޕްރޮޓޮކޯލްގެ މިނިސްޓަރެވެ. ރައީސް ސޯލިހު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޮންފެރެންސް (އޯއައިސީ) ގެ ބައްދަލުވުމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ދަތުރުފުޅުގައި ރައީސް ސޯލިހު އުމްރާއެއް ވެސް ކުރައްވާނެ އެވެ. ރައީސް އޮފީހުން އާއްމުކުރި ފޮޓޯތަކުގައި ވެސް އެމަނިކުފާނު ހުންނެވީ އިހުރާމް ބަންނަވައިގެންނެވެ.

އޯއައިސީގެ 14 ވަނަ ބައްދަލުވުން އޮންނާނީ މާދަމާ މައްކާގަ އެވެ. ރައީސް ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ އެ ބައްދަލުވުމުގެ ރިޔާސަތު ބައްލަވާނީ ސައުދީ ރަސްގެފާނެވެ.

ރައީސް ސޯލިހު ގައުމަށް އެނބުރި ވަޑައިގަންނަވާނީ ޖޫން 3 ގައެވެ. މިއީ ރައީސްކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ސައުދީ އަރަބިއްޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ހިޔާލު