Minivandhuvahuge munaasabathugai Pakistan embassy gai dhidha negumuge rasmiyyatheh
image
ޕާކިސްތާން އެމްބަސީގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާން އެމްބަސީގައި ދިދަ ނަގައިފި

ޕާކިސްތާންގެ 73 މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މިއަދު ހެނދުނު ޕާކިސްތާން އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑުއަޅުއްވާފައިވާ ސަފީރު ރިޓަޔާޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވަނީ ޕާކިސްތާނަށް މިނިވަންކަން ހޯދައިދެއްވުމަށް އެގައުމުގެ ބަތަލުން ކުރެއްވި މަސައްކަތުގެ މުހިންމުކަން ފަހާގަކުރައްވައިފަ އެވެ.

ކަޝްމީރުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ އުނދަގޫތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަފީރު ވިދާޅުވީ، ކަޝްމީރާއެކު ޕާކިސްތާނުގެ ރައްޔިތުން އަބަދުވެސް ދެމި ތިބޭނެ ކަމަށެވެ. ޕާކިސްތާނު އެމްބަސީގައި އޮތް ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އޭގެ އިތުރުން ސަފީރު ވަނީ ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ފޮނުއްވެވި ހާއްސަ މެސެޖެއް ރަސްމިއްޔާތުގައި އިއްވަވާފައެވެ. އަދި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްބަސީގައި ވަނީ ކޭކެއް ވެސް ފަޅައިފައެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ހުރިހާ ރައްޔިތުންނަށް އަރިސްކޮށްފައެވެ. އިނގިރޭސީންގެ އަތްދަށުން ޕާކިސްތާނަށް މިނިވަންކަން ލިބުނީ 14 އޯގަސްޓް 1947 އެވެ.
ޕާކިސްތާން ސަފީރު
ހިޔާލު