TreeTop Hosptal'gai kurevunu enmebodu kanfathuge operation kaamiyaabu vehjje
image
ޓްރީޓޮޕް ހޮސްޕިޓަލް / ގޫގުލް
މިއުނާ ހަސަން
0 ކޮމެންޓް
 

ޓްރީޓޮޕްގައި ކުރެވުނު އެންމެބޮޑު ކަންފަތުގެ އޮޕަރޭޝަން ކާމިޔާބު

ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލް "ޓްރީޓޮޕް ހޮސްޕިޓަލް " ގައި ކުރެވުނު ކަންފަތުގެ އެންމެ ބޮޑު އޮޕަރޭޝަން ކާމިޔާބު ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް ބްޒްނަސް އިބްތިޝާމް އަހުމަދު ސައީދް ސީއެންއެމްއަށް ވިދާޅުވީ، 10 އަހަރު ވަންދެން އަޑު އިވުމުގައި ދަތިތަކެއް ހުރި މެދު އުމުރުގެ އަންހެނެއްގެ އެއްކަންފަތް މާޗު މަސްތެރޭގައި އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ކޮށް، މިއަދު ފޮލޯއަޕް ހެދުމަށް އެނބުރި އައިސްފައިވާކަމަށެވެ.

"10 އަހަރު ވަންދެން އަޑު އިވުމުގައި ދަތިތަކެއް ހުރި މީހެއް އެއީ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެއީ ވަރަށް ނިކަމެތި މެދު އުމުރުގެ އަންހެނެއް. އަތޮޅުތެރޭގެ ރަށެއްގައި އުޅުއްވާ ބޭފުޅެއް އެއީ. އާސަންދައާއި، އެހެނިހެން ގޮތް ގޮތުން ވަރަށް ހާލުން ފަންޑު ހޯއްދަވައިގެން ޓްރީޓޮޕަށް އެބޭފުޅާ އައިސްފައިވަނީ." އިބްތިޝާމް ވިދާޅުވިއެވެ.

އިބްތިޝާމް އިތުރަށް ވިދާޅުވީ، ޓްރީޓޮޕަށް އައުމުން އެހޮސްޕިޓަލުގެ ނަރުހުންނާއި ސްޓާފުން ބަލިމީހާއަށް ވަރަށް އެހީތެރިވެދީފައިވާ ކަމަށެވެ.

" މިއަދު ފޮލޯއަޕް ހެދުމަށް އައިސް އަޅުގަނޑުމެންނަށް ޝުކުރުއަދާކޮށްފަ އެބޭފުޅާ ވަޑައިގެންނެވީ. މިތަނުގެ ސްޓާފުންގެ އޯގަތެރިކަމުގެ ސަބަބުން ދައްތަ އަޅުގަނޑުމެންދެކުނީ އަމިއްލަ ދަރިންފަދައިން. އެހާވެސް އުފާވެފައި ހުންނެވީ" އިބްތިޝާމް ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރި އަންހެންމީހާގެ ދެ ކަންފަތަށްވެސް އަޑު އިވުމުގައި ދަތިތަކެއް ހުރިކަމަށާއި، އެހެން ނަމަވެސް އަދި އޮޕަރޭޝަންކޮށްފައިވަނީ އެއްކަންފަތް ކަމަށް އިބްތިޝާމް ވިދާޅުވިއެވެ.

މި ނޫނަސް ކަންފަތުގެ އެކިވަރުގެ އޮޕަރޭޝަންތައް ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮށް، ކާމިޔާބުވެފައި އެބަހުއްޓެވެ. އެހެން ނަމަވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރަމުން ގެންދާ މުޅި ހޮސްޕިޓަލަކީ ފަހުގެ ޓެކްނޮލޮޖީ އާއެކު "ފުލީ އޮޓޯމެޓިކު" ހޮސްޕިޓަލަކަށްވާއިރު މި ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެއެވެ.

އަމާނާ ތަކާފުލްގެ މެޑިކަލް ކަސްޓަމަރުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ކޭޝްލެސް ހިދުމަތާއެކު، އެ ކުންފުނީގެ އިންޝުއަރެންސް ކާޑު ބޭނުން ކުރުމުގެ ޚިދުމަތުގެ އިތުރުން އާސަންދާއިގެ ހިދުމަތް ޓްރީޓޮޕުން ލިބެއެވެ.

ހުޅުމާލޭގައި ހަދާފައިވާ ރާއްޖޭގެ ފުރަތަމަ ޓާޝިއަރީ ހޮސްޕިޓަލުގެ އަމާޒަކީ އޭޝީއާ ސަރަހައްދުގެ ގައުމުތަކުން މީހުންއައިސް ފަރުވާ ހޯދާނެ ފެންވަރުގެ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ހެދުމެވެ.

ހިޔާލު