Court administratorunge masakkathu bahdhaluvun bavvaifi
image
ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުގެ ތެރެއިން-- ފޮޓޯ: ޑީޖޭއޭ
2 ކޮމެންޓް
 

ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން ބާއްވައިފި

"ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019" ރޭ ބާއްވައިފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ، އެ ބައްދަލުވުމުގެ ޝަރަފުވެރި މެހުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެވެ.

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އެ މަސައްކަތު ބައްދަލުވުމަކީ، ދާދި ފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން އެ ގާނޫނުގެ ދަށުން
ކޮންމެ ކޯޓެއްގައި ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމު އުފެދި، އަދި ކޯޓު ތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔަކީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓާ ކަމަށް ހަމަޖެހިގެން ދިއުމާއި ގުޅިގެން، މިހާރު ކޯޓުތަކުގައި ތިބި ކޯޓު އެޑްމިނިސްޓްރޭޓަރުންނާއި ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި ބޭއްވުނު މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.

ޖޭއެސްސީގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި، ޖޭއެސްސީގެ ގާނޫނުގެ ދަށުން ގެނެވުނު ބަދަލާއި އެއް ގޮތަށް ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން ވިލަރެސްކޮށް، ކޯޓުތަކުގެ ހިންގުން އެއްގޮތްކޮށް، ހަރުދަނާކުރުމާއި އެކު ހުރިހާ ކޯޓުތަކެއްގައި އަމަލުކުރާނެ އެއްގޮތް އުސޫލުތަކެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމާއެކު، ކޯޓުތައް ހިންގުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކުރެވުނު ކަމަށް ޑީޖޭއޭއިން މައުލޫމާތު ދެއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ދިޔަ ޑީޖޭއޭ ދެން ހިންގަމުން ދާނީ އެ ކޮމިޝަނުގެ ދަށުން ކަމަށެވެ. އަދި އޭރު ޑީޖޭއޭގައި ހުރި ބައެއް އިސް މަގާމުތައް ވެސް އުވިގެން ދާނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.
ހިޔާލު

ށަރަފު

ތި ފެންނަ ފެމިލީ ކޯޓު އެޑްމިނިސްޓްރޭޓަރ ހުރެ އެއްވެސް ކުރިއެރުމެއް އެތާކަށް ނާންނާނެ...

ޟަންވީރު

މައިކް ހިފައިގެން އެ އިނީ ފެއިލްވެފައި...އިން ބޭފުޅެއް..އަވަހަށް އިސްތިއުފާ ދީ