Iran aa dhekolhah America in hadhaafaivaa coalition aa Saudi in gulhihjje
image
0 ކޮމެންޓް
 

އީރާނާ ދެކޮޅަށް އެމެރިކާއިން ހަދާފައިވާ ކޯލިޝަނާއި ސައުދީން ގުޅިއްޖެ

އީރާނާ ދެކޮޅަށް އެމެރިކާއިން ހަދާފައިވާ ކޯލިޝަނާއި ސައުދީ އަރަބިއްޔާއިން ގުޅިއްޖެއެވެ.
ސައުދީން ބުނީ އީރާނުކައިރީގައިވާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެމެރިކާއިން އިސްވެ ކުރިއަށް ގެންދާ އަސްކަރީ ކޯލިޝަނާއި އެ ގައުމުން ގުޅެން ނިންމީ މިދިޔަ ހޮނިހިރު ދުވަހު ތެޔޮވަޅުތަކަށް ހަމަލާދިނީ އީރާނުންކަން ޔަގީން ވުމުންނެވެ.

އެމެރިކާގެ އަސްކަރީ ކޯލިޝަންއަކީ އީރާނު ކައިރިން ދަތުރުކުރާ ތެޔޮޓޭންކަރުތަކަށް އީރާނުން ޖެއްސުންކޮށް ދުއްތުރާކުރާތީ އެކަމުން އެ ޓޭންކަރުތައް ސަލާމަތްކޮށް، ކަނޑުގެ ސަރަހައްދު އަމާންކޮށް ބެލެހެއްޓުމަށް ހިންގާ އަސްކަރީ ހަރަކާތްތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ.

ސައުދީން ބުނެފައިވަނީ އީރާނުން ހަމަލާ ދިންކަމުގެ ހެކި ވަރަށް އަވަހަށް ހާމަކުރާނެކަމަށެވެ. އީރާނުން ވަނީ ސައުދީއަށް ހަމަލާ ނުދޭކަމަށް ތަކުރާރުކޮށް ބުނެފައެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޔަމުގެ ހޫތީ ޖަމާއަތުންނެވެ. ނަަމަވެސް އެމެރިކާ އަދި އީރާނުން ބުނަނީ ހަމަލާ ދިނީ އީރާނުން ކަމަށެވެ.

އާމްކޯގެ ދެ ފެކްޓްރީއަކަށް ދިން ހަމަލާގެ ސަބަބުން، ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގު ވެސް އުފުލުނެވެ. ނަމަވެސް މިހާރު އަލުން ތެލުގެ އަގު ދަށްވެފަ ވަނީ ސައުދީން މި މަސް ނިމޭއިރު ކުރިން އުފެއްދި މިންވަރަށް ތެޔޮ އުފެއްދޭނެކަމުގެ ޔަގީންކަން ދިނުމުންނެވެ.

ޔެތޮ ފެކްޓްރީތަކަށް ދިން ހަމަލާއަށްފަހު ސައުދީން ވަނީ ޔެތޮ އެކްސްޕޯޓުކުރާ މިންވަރު ދުވާލެއްގެ މައްޗަށް 5.9 މިލިއަން ފީފާއަށް މަދުކޮށްފައެވެ.
ހިޔާލު