Nazimge bayaanakee badhaluhifumuge roohehggai dheefaivaa bayaaneh: Adeeb ge aailaa
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ނާޒިމްގެ ބަޔާނަކީ ބަދަލުހިފުމުގެ ރޫހުގައި ދީފައިވާ ބަޔާނެއް: އަދީބުގެ އާއިލާ

ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ކޮމިޝަނަށް ދީފައިވާ ބަޔާނަކީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއްގައި ދީފައިވާ ބަޔާނެއްކަމަށް ކުރީގެ ނައިބު ރައީސް އަދި މޯލްޑީވްސް ތާޑް-ވޭ ޑޮމޮކްރޭޓްސް (އެމްޓީޑީ)ގެ ރައީސް އަހުމަދު އަދީބުގެ އާއިލާއިން ބުނެފިއެވެ.
އަދިބުގެ އާއިލާއިން ވަނީ، ކުރީގެ މެމްބަރު ނާޒިމްގެ ވާހަކަތަކާއި ގުޅިގެން ބަޔާނެއް ނެރުއްވާފައެވެ.

އެގޮތުން އެބަޔާނުގައި އަދީބުގެ އާއިލާއިން ބުނެފައިވަނީ، ނާޒިމްގެ ވާހަކަ ތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި، އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާނެއްކަމުގައެވެ. އަދި އެބަޔާން ތަކުގައި އަދީބުގެ ނަން ބޭނުންކޮށްގެން ދައްކާފައިވަނީ ސާބިތު ނުހިފޭ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއްކަމުގައި އަދީބުގެ އާއިލާއިން ބުނެފައިވެ އެވެ.

"އަހުމަދު އަދީބަކީ ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުނު ފަރާތެއް ނޫނެވެ. އަދި ރާއްޖެ ޓީވީ އާއި ބެހޭ ގޮތުން އެސްއެމްއެސްއެއް ފޮނުވި ވާހަކަ އަކީ ވެސް ދޮގު ވާހަކަ އެކެވެ. އަހުމަދު ނާޒިމްގެ މިބަޔާނަކީ އަހުމަދު އަދީބާއި މެދު ނަފްރަތު އުފައްދަން ކޮށްފައިވާ ކަމެއްކަމުގައި އާއިލާއިން ދެކެމެވެ." އެމްޓީޑީގެ ރައީސް އަދީބުގެ އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.

އަދި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުން އެނގިގެން ގޮސްފައިވަނީ އަދީބުގެ ބޮލުގައި ޑރ. އަފްރާޝީމްގެ މަރާއި ގުޅޭގޮތުން އަޅުވަމުން ގޮސްފައިވަނީ ސިޔާސީ ދޮގު ތުހުމަތު ތަކެއްކަން ކަމަށް އަދީބުގެ އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ. އަދި ހުރިހާ ކަމެއްގައި ސިޔާސީ ގޮތުން "ގުރުބާން ކުރެވޭ ކަންބަޅިއަކަށް" އަދީބު ނުހެދުމަށް އާއިލާއިން އިލްތިމާސްކުރާކަމަށް އެ ބަޔާނުގައިވެ އެވެ.

ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ތައްޔާރު ކުރި ތަހުގީގު ރިޕޯޓްގައި ނާޒިމް އާއި ހަވާލާދީ ލިޔެފައިވާ ވާހަކަ ތަކުގައި ވަނީ އަދީބަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. އެގޮތުން ރައީސް ނަޝީދު އިންނަވާ ކާރު ކޮޅެއް ގޮށްވާލަން އުޅުއްވި ކަމަށް ތުހުމަތު ކޮށްފައިވާއިރު ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައިގައި ވެސް އަދީބަށް ތުހުމަތުކޮށްފައިވެ އެވެ.
ހިޔާލު