Salaf ah fiyavalhu elhithoa saafukuran Mahloof majleehah haaziru kuranee
image
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް: ފައިލް ފޮޓޯ ވީ ނިއުސް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ސަލަފް އަށް ފިޔަވަޅު އެޅިތޯ ސާފުކުރަން މަހްލޫފް މަޖްލީހަށް ހާޒިރު ކުރަނީ

ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅިތޯ ސާފުކުރުމަށް ޔޫތް މިިނިސްޓަރު އަހުމަދު މަހްލޫފް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މަހްލޫފް މަޖިލީހަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް އެދިލައްވާތީއެވެ.

ޖާބިރު ސުވާލު ކުރައްވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުގައި ޖަމިއްޔަތުއް ސަލަފާއި މެދު ތުހުމަތުތަކެއް ކުރެވޭއިރު އެ ޖަމިއްޔާއާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ؟ އާއި އަދި އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ؟ އެވެ.

ސަލަފް ޖަމާއަތައް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެކުލަވާލި ސަބް ކޮމެޓީން ނިންމާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމެޓީން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގައި ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމިއްޔާއަށް ކަމަށް ބެލެވޭކަމަށެވެ.

ރައީސް ނަޝީދު މިވާހަކަ ފުޅު ވިދާޅުވާން ފެއްޓެވުމުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

"އެނގި ވަޑައިގަންވާނެ ރާއްޖޭގައި އެންމެ ފުރަތަަމަ އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަމުގައި. ކަން ދިމާކުރިގޮތުން އޭރު ވެރިކަމުގައި ހުރީ އަޅުގަނޑު. އަދި އެ ޖަމިއްޔާ ރެޖިސްޓާ ކޮށްދިނީ ވެސް މި ވެރިކަމުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭރު އެ ޖަމިއްޔާއަށް ހުއްދަ ނުދިންނަމަ އެ ޖަމިއްޔާ 'އަންޑަގްރައުންޑަށް' ދިޔައީސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަދިވެސް އެ ޖަމިއްޔާމެދު ފިޔަވަޅު އަޅައިފިނިމަ 'އަޑިއަށް ގޮސްދާނެ' ކަމަށެވެ.

މަރުތަކާބެހޭ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެގައިވަނީ ޑރ އަފްރާޝީމް އަވަހާރަކޮށްލުމަކީ ދީނީ ޢިލްމުވެރިން ކުރިކަމެއް ނޫން ނަމަވެސް އެކަން ކުރީ" ދީނުގެ ނަމުގައި މީހުން މެރުމުގެ ވިސްނުން ހުރީ ޖަމާއަތަކުން " ކުރިކަމެއް ކަމަށެވެ.

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރޭވި ޖިހާދީ ފިކުރުގެ ޖަމާއަތް، ހިންގަނީ މާލެ ދަފްތަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ، ސާމިތު މުހައްމަދު ކަމަށް މަރުގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.


އަފްރާޝީމް އަވަހާރަކޮށްލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހ. ހިލްޓަން އަޒްލިފް ރައުފެވެ. މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުގައި އަފްރާޝީމަށް ހަމަލާ ދިނީ ހުސައިން ހުމާމާއި ދައުވާ ލިބި ކުށް ސާބިތު ނުވި އަލީ ޝާންގެ އިތުރުން އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖެކެވެ.
ހިޔާލު