Fuluhuge bandhugai huhtaa fili meehaa hoadhaifi
image
ފުލުހުންތަކެއް-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހާ ހޯދައިފި

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓާ މިއަދު ފިލި މީހާ ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފިލާފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެމީހާއަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ.

އެހެންނަމަވެސް އެމީހާ މިހާރު ފުލުހުން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހިޔާލު