Thauleemee maruhalaathakugai Dhivehi bahah iskan dhinun varah muhinmu: Raees
image
މާދަރީ ބަހުގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ތައުލީމީ މަރުހަލާތަކުގައި ދިވެހި ބަހަށް އިސްކަން ދިނުން ވަރަށް މުހިންމު: ރައީސް

ތައުލީމީ މަރުހަލާތަކުގައި ދިވެހި ބަހަށް އިސްކަން ދިނުން ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، އެ ބައެއްގެ މާދަރީ ބަހަކީ ވަރަށް އަގުބޮޑު ތަރިކައެއް ކަމަށެވެ. އަދި ބަހެއް ދެމިއޮތުމަށް އެ ބަހަކުން ލިޔެކިއުމުގެ އިތުރުން، އެ ބައެއްގެ އަމިއްލަ އަކުރު ހިމާޔަތްކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހި މާދަރީ ބަހަކީ ރީތި ބަހެއް ކަމަށާއި، ދިވެހި ބަސް ދިރުވައި އާލާ ކުރުމުގެ މަސައްކަތް ކުރަން ޖެހޭނީ ވެސް ދިވެހިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންސާނީ ތަރައްގީ ގުޅުވައިދޭ ފާލަމަކީ އެ ބައެއްގެ އަމިއްލަ، މާދަރީ ބަސް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ބަސް އާލާ ކުރުމަށް، ދިވެހި ބަހުގެ ގައުމީ ސިިޔާސަތެއް ކަނޑައެޅުމާއި ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހި ބަސް އަހުލުވެރިކުރުވުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫނާއި، ޑްރާމާ އުފެއްދި ދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ދިވެހި ބަސް ކުރިއެރުވުމަށް ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން ވާހަކަފޮތް ލިޔުމުގެ ގައުމީ މުބާރާތެއް ބޭއްވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދިވެހި ބަސް ކުރިއެރުވުމަށް ކުރާ އެފަދަ ކަންކަމަށް އެއްބާރުލުން ދޭން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާލު