Current ge mahsala boduve Velidhoo gai aa generatoreh bahahtanee
image
ނ. ވެލިދޫ---
0 ކޮމެންޓް
 

ކަރަންޓުގެ މައްސަލަ ބޮޑުވެ ވެލިދޫގައި އާ ޖަނަރޭޓަރެއް ބަހައްޓަނީ

ކަރަންޓުގެ މައްސަލަ ބޮޑުވެ ނ. ވެލިދޫގައި އާ ޖަނަރޭޓަރެއް އިންސްޓޯލު ކުރަމުން އަންނަ ކަމަށް ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ފެނަކައިން ވެލިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން އަސްމާ، "ސީއެންއެމް" އަށް ވިދާޅުވީ މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމުން ކަރަންޓު ނުހިފަހައްޓަނީ ކަމަށް އިންޖީނުގެއިން ބުނާ ކަމަށެވެ. އިރުއިރުކޮޅުކޮޅާއި ކަރަންޓު ކެނޑޭތީ މީގެ ކުރިން އެރަށަށް ގެންގޮސްފައިވާ ބޮޑު ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ކަރަންޓުގެ މައްސަލަ ހައްލު ކުރަމުން ދަނީ. މިރަށުގައި އެބަ ހުރި ކުރިން ގެނެސްފައިވާ ބޮޑު އިންޖީނެއް. އެ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނީ،" އަސްމާ ވިދާޅުވިއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން އެރަށުން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި މީހަކު ސީއެންއެމަށް ބުނީ، އިއްޔެ ވެސް ގަޑިއެއްހާއިރަށް ކަރަންޓު ކެނޑުން ކަމަށެވެ. އަދި އެހާ ހޫނު ގަދަ ދުވަސްވަރެއްގައި ކަރަންޓު ކެނޑޭތީ ދަތިތަކާއި ކުރިމަތިވާ ކަމަށް އެމީހާ ބުންޏެވެ.


ހިޔާލު