Viheumah fahu filmee dhaairaa ah enburi annaanan: Lisa
image
ލީސާ އާއި އޭނާގެ ދަރިފުޅު--
0 ކޮމެންޓް
 

ވިހެއުމަށް ފަހު ފިލްމީ ދާއިރާއަށް އެނބުރި އަންނާނަން: ލީސާ

ބޮލީވުޑު ބަތަލާ އަދި މޮޑެލް ލީސާ ހޭޑޮން، ދެވަނަ ދަރިއަކަށް ބަލިވެ އިން ހަބަރު އިއުލާނުކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ދަރިންގެ މަސްއޫލިއްޔަތުތައް ބެލެހެއްޓުމަށް ލީސާ ފިލްމީ ދާއިރާއާ މުޅިން ވަކިވެދާނެތޯ މިއީ ސަޕޯޓަރުންގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. އެކަމަކު ވިހެއުމަށް ފަހު ވެސް ފިލްމީ ދާއިރާއިން ފެންނާނެ ކަމުގެ އުފާވެރި ހަބަރު އޭނާ މިވަނީ ސަޕޯޓަރުންނަށް ދީފައެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ޑިނޯ ލަލްވާނީއާ ކައިވެނިކުރި އުމުރުން 32 އަހަރުގެ ލީސާއަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2017 ވަނަ އަހަރު މެއި މަހުއެވެ.

ވިހެއުމަށް ފަހު ކުޑަ ބްރޭކެއް ނެގި ނަމަވެސް ފިލްމީ ދާއިރާއިން ދުރަށް ނުދާނެ ކަމަށާއި ފިލްމުތަކުން ފެންނާނެ ކަމަށް ލީސާ ބުންޏެވެ.

ބަނޑުބޮޑުކަން އިއުލާނުކުރިތާ މާގިނަ ދުވަހެއް ނުވެ ލީސާ ވަނީ ލަކްމޭ ފެޝަން ވީކުން ވެސް ފެނިގެންގޮސްފައެވެ.

View this post on Instagram

My Boys💘

A post shared by Lisa Lalvani (@lisahaydon) on


އެންމެ ފަހުން ޓޮޕް މޮޑެލް އިންޑިއާ ހުށަހަޅައިދިން ލީސާ ވަނީ އޭނާގެ އެކްޓިންގެ ހުނަރު ފިލްމު އައިޝާ، ހައުސްފުލް 3، ކުއީން އަދި އޭ ދިލް ހެ މުޝްކިލް ގައި ދައްކާލާފައެވެ. އަދި އިންޑިއާސް ނެކްޓް ޓޮޕް މޮޑެލްގެ ފުރަތަމަ އަދި ދެވަނަ ސީޒަނުގައި ލީސާ ފެނިފައިވެއެވެ.
ހިޔާލު