Thimaaveshi himaayaiy kurumah govaalaa ihuthijaaju kuranee
image
ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ކުރާ ހިމޭން އިހުތިޖާޖު--
0 ކޮމެންޓް
 

ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ އިހުތިޖާޖު ކުރަނީ

"ކްލައިމެޓް ސްޓްރައިކް އެމްވީ" ގެ ނަމުގައި ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ މާލޭގެ އެކި ސަރަހައްދުތަކުގައި ހިމޭން އިހުތިޖާޖުތަކެއް ކުރަން ފަށައިފި އެވެ.
"ސޭވް މޯލްޑިވްސް" ގްރޫޕުގައި ހިމެނޭ ޒުވާނުންތަކެއް އިސްނަގައިގެން އެކަން ކުރަމުން ދާއިރު އެމީހުން އަންނަނީ މާލޭގެ އެންމެ މީހުން ގިނައިން އެއްވާ ސަރަހައްދުތަކުގައި އެ ހިމޭން އިހުތިޖާޖު ކުރަމުންނެވެ.

"ކްލައިމެޓް ސްޓްރައިކް" ހޭޝްޓެގް ބޭނުންކޮށްގެން ދުނިޔޭގެ ގައުމުތަކުގައި ވެސް އަންނަނީ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ އަޑު އުފުލަމުންނެވެ. އެގޮތުން އެ ހަރަކާތް ކުރިއަށް ދަނީ ކުޑަކުދިންނާއި ސްކޫލު ކުދިން އިސް ނަގައިގެންނެވެ.

ގްލޯބަލް ކްލައިމެޓް ސްޓްރައިކް ފާހަގަކުރަން ނިންމާފައި ވަނީ މި މަހުގެ 20 އިން 27 ގެ ނިޔަލަށެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކާއި ކަރަންޓު އުފެއްދުމަށް ތެޔޮ އެންދުން ފަދަ ތިމާވެއްޓަށް ގެއްލުން ދެނިވި ކަންކަން ކުރުން ހުއްޓާލުމަށް އެ ކެމްޕެއިނުގައި ގޮވާލާނެ އެވެ.
ހިޔާލު