MIFCO ah vanee 1 Billion Rufiyaa ge gehlunvefa: Amr
image
1 ކޮމެންޓް
 

މިފްްކޯއަށް ވަނީ އެއް ބިލިއަން ރުފިޔާގެ ގެއްލުންވެފައި: އަމްރު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްްކޯ) ގެ ތާރީހުގައި އެ ކުންފުންޏަށް އެއް ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި 2016 ވަނަ އަހަރު ހަމަޖެއްސި ކުންފުންޏެކެވެ.

މީޑިއާށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވެފައިވަނީ މިފްކޯގެ ތާރީހުގައި އެ ކުންފުންޏަކީ ގެއްލުންވާ ކުންފުންޏެއްގެ ގޮތުގައި އޮތް ނަމަވެސް އެއީ ފައިދާ ވާ ކުންފުންޏަކަށް މިއަހަރު ބަދަލު ކުރައްވާނެކަމަށެވެ.

"ކުންފުނީގެ މުޅި ތާރީޚުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވަނީ ވެފައި. ކޮންމެ އަހަރަކު ގެއްލުން އިންތިހާއަށް ބޮޑުވޭ. މިއަހަރު އަލަށް މި ކުންފުނީ ގެއްލުން ނުވެ ހިންގާ ކުންފުންނަކަށް ހަދާނަން."

އަމްރު ވިދާޅުވީ މިފްކޯ އިތުރަށް ފުޅާކޮށް، މަސް ގަނެ ޕްރޮސެސްކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާ މާލީ އެހީ ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާކަމަށެވެ.

ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނީ މިފްކޯއިން ދަޅުގައި މަސް ބަންދުކުރާ މިންވަރު އިތުރުކޮށްގެންކަމަށް އަމްރު ވަނީ ކުރިން ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރަށް މަސްވެރިކަން ރަނަގަޅުވުމުގެ ސަބަބުން މިފްކޯއަށް ވަނީ މަސް ކިރުމުގެ ޑިމާންޑު ބޮޑުވެފައެވެ. ނަަމަވެސް މިފްކޯއިން ދަނީ އެއްވެސް ކޮންޓްރޯލެއްނެތި މަސްވެރިންގެ އަތުން މަސް ގަންނަމުންނެވެ.

ހޮރައިޒަން ފިޝަރީޒް އިން ވަނީ މަސް ގަނަން މިންވަރު ކޮންޓްރޯލު ވެސް ކޮށްފައެވެ.
ހިޔާލު

މހނމދ

ތިޢަދަދަށްބަލައިފިނަމަ، ރައީސް މައުމޫން ސަރުކާރު ހިންގެވުމާއި ޙަވާލުވީއްސުރެ މިއަދާއިހަމަޔަށް ގެއްލުން ބަހައިފިނަމަ، ގާތްގަނޑަކަށް އެއީ މަހެއްގެމައްޗަށް 24.3 މިލިއަންރުފިޔާއެވެ! އެއިރުއްސުރެ ތަނުގައިއުޅުނުމީސްމީހުންގެ ތަރައްޤީއާއި ކުރިއެރުމުގެ ތާރީޚު އޮޅުންފިލުވުމުގެ ތަޙުލީލެއް ކުރަން ދައުލަތަށްއެބަޖެހެއެވެ. ރައްޔިތުންގެ ޙައްޤުގައެވެ. މިއީ ދިވެހި ކިތައްދަރީންގެ ކިޔެވުންހެއްޔެވެ. ކުރިއެރުންހެއްޔެވެ! ރައީސް ޞާލިޙަށް މިކަމަށް ޚާއްޞަ ކޮމިޝަނެއް އުފައްދަން ގޮވާލަމެވެ. މިކަމަކީ ބަޔަކު ކުށްވެރިކުރަން ކުރާކަމަކަށް ހަދާނެކަމެއްނެތެވެ. އެކަމަކު ކަމުގެ ތާރީޚަށް ބަލައިލުމަށާއި މުވައްޒަފުންގެ އިޚުލާޞްތެރިކަމުގެމައްޗަށް ނަޒަރެއް ހިންގާލުމަށެވެ.