Gadhdhoo aai Thimarafusheege maguthah hadhaidheyne bayaku hoadhan iulaan kohfi
image
ގދ. ގައްދޫ -- ފޮޓޯ: އަބީދު
0 ކޮމެންޓް
 

ގައްދޫއާއި ތިމަރަފުށީގެ މަގުތައް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ތ. ތިމަރަފުއްޓާއި، ގދ ގައްދޫގެ މަގުތައް ހަދައިދޭނެ ބަޔަކު ހޯދުމަށް މިއަދު އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މި ދެ މަޝްރޫއު އިއުލާންކުރީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.

މި ދެ މަޝްރޫއުގެ ތެރެއިން ގައްދޫގެ މަގުތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 750،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ. އަދި ތިމަރަފުށީގެ މަގުތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 350،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ.

ބިޑް ސެކިއުރިޓީގެ ފައިސާ ޑޮލަރުން ވެސް ހުށަހެޅިދާނެ ކަމަށާއި ބިޑް ހުޅުވާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށްވެސް އިއުލާންގައިވެ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް މިމަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ބިޑެއްގައި ބައިވެރިވުމަށްވެސް 100 ޑޮލަރު ނުވަތަ 1500 ރުފިޔާގެ ނަން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖައްސާފަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ތިމަރަފުއްޓާއި ގައްދޫ މަގުހެދުމަށް ކޮންމެ ރަށަކަށް 13 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ހިޔާލު