Labor Party Ufehdhumuge Jalsa: 15 Memberun Vaguthee Leadership ah
image
0 ކޮމެންޓް
 

ލޭބާ ޕާޓީގެ އުފެެއްދުމުގެ ޖަލްސާ: 15 މެމްބަރުން ވަގުތީ ލީޑާޝިޕަށް

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގެ ޖަލްސާ ރޭ ބާއްވައި ޕާޓީގެ ވަގުތީ ލީޑާޝިޕަށް 15 މެމްބަރަކު އަންޔަން ކޮށްފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ނަމާއި އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރަށް ޕާޓީގެ ބައެއް މުހިއްމު ކަންކަން ވަނީ ނިންމާފައެވެ. އެމްޑީޕީގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އަބްދުﷲ ހަސީނު އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ލޭބާ ޕާޓީގެ ރޭ ޖަލްސާގައި 317 މެމްބަރަކު ބައިވެރިވިއެވެ.

ޕާޓީގެ ކުލަ ފާސްކުރިއިރު ތިން ކުލައެއް ވަނީ ފާސްކޮށްފައެވެ. އެއީ ރަތްކުލަ އާއި ކަޅުކުލައިގެ އިތުރަށް ހުދުކުލައެވެ. ޕާޓީގެ ވަގުތީ ލީޑާޝިޕަށް ހަސީނުގެ އިތުރަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރި މައުރޫފް ޒާކިރު ވަނީ ބޮޑު އަގުލަބިއްޔަތަކުން އަންޔަން ކޮށްފައެވެ.

ޕާޓީގެ އިފްތިތާހީ ޖަލްސާގައި ހަސީނު ވިދާޅުވީ މިހާތަނަށް އުފައްދާފައިވާ ޕާޓީތަކުން މަސައްކަތްކޮށްފައި ވަނީ ވެރިންނާއި ވިޔަފާރި ވެރިން އަންގާ ގޮތައް ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީ އަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށެވެ. އަދި ރޭގެ ޖަލްސާއަކީ މަސައްކަތްތެރިން އެ މީހުންގެ ހައްގު ހޯދުމަށް ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާނެކަން ސާބިތުކޮށް ދޭ ހެއްކެއް ކަމަށްވެސް ހަސީނު ވިދާޅުވި އެވެ.
އީސީ
ހިޔާލު