Raajje akay vai saafu gaumeh
image
ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓަރީ
0 ކޮމެންޓް
 

"ރާއްޖޭގައި އެހެން ގައުމުތަކާ އަޅާބަލާއިރު، ވައި ތަގައްޔަރުވުމުގެ މައްސަލަ ކުޑަ"

ރާއްޖެއަކީ އެހެން ގައުމުތަކާ އަޅާބަލާއިރު، ވައި ތަގައްޔަރުވުމުގެ މައްސަލަ ކުޑަ ގައުމެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
"ނޭޝަނަލް އެއަރ ޕްލިއުޓެންޓް އެކްޝަން ޕްލޭން" އިފްތިތާހުކުުރުމުގެ ހަފްލާގައި މިނިސްޓަރު ވިދާޅުވީ، "ރާއްޖޭގެ ވައިގެ ތަގައްޔަރުވެފައި ހުރި މިންވަރާއި، މިހާތަނަށް ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި މިކަން ހައްލުކުރުމަށް ސަރުކާރުން އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭނެކެވެ.

"މިއީ ދިވެހިރާއްޖޭގައި އެކުލަވާލި މިފަދަ ފުރަތަމަ އެކްޝަން ޕްލޭން،" ޑރ.ހުސައިން ރަޝީދު ވިދާޅުވިއެވެ.

ދުން އަރުވާ ވެހިކަލުތަކާ ނުލައި އުޅޭނެ ގޮތެއް ހޯދަން ޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަަން ކުރެވޭނީ ޕަބްލިކު ޓްރާސްޕޯޓެއް ބަހުގައި ނުވަތަ މިނީ ބަހުގައި ގާއިމުކޮށްގެން. އަދި އެބަސްތައް ދުއްވުމަށް ބޭނުންކުރާނީ ކަރަންޓުން ޗާޖުކުރާ ބެޓްރީ،" ޑރ.ހުސައިން ރަޝީދު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވެސް މި ހަފްލާގައި ބައިވެރިވެ ވަޑައިގަތެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މާއްދާތައް ރާއްޖޭގައި ހުރި މިންވަރާއި، މިކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ވެސް ނަހުލާއެވެ.

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް އަހުލުވެރިކުރުވާނެކަމަށާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުވެސް ވީހާވެސް ތިމާވެއްޓާ ރައްޓެހިކުރާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ފެރީގެ ނިޒާމް ބައްޓަންކުރާނީ ތިމާވެއްޓާ ރައްޓެހިކޮށް، ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް ވީހާވެސް މަދުވާނެ ގޮތަކަށް،" ނަހުލާ ވިދާޅުވިއެވެ.
ހިޔާލު