Sikundi hama nujehey meehaku ADK ah gendghan ehee vejje
image
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސިކުނޑި ހަމަނުޖެހޭ މީހަކު އޭޑީކޭއަށް ގެންދިއުމަށް އެހީވެއްޖެ

ސިކުނޑި ހަމަނުޖެހޭ މީހަކު އޭޑީކޭއަށް ގެންދިއުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފުލުހުން ބުނީ އޭޑީކޭއަށް ފަރުވާ ހޯދުމަށް ގެންދިޔަ ސިކުނޑި ހަމަނުޖެހޭ މީހަކު އޭނާގެ އެހީތެރިންނަށް ނުކިޔަމަންތެރިވެ އެތަނުން ނިކުމެން ގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ބުނީ އެމީހާ މަގުމަތީގައި އުޅެނިކޮށް ރޭ 19:08 ހާއިރު ސޯސަން މަގާއި އަމީރު އަހުމަދު މަގު ގުޅުނު ސަރަހައްދުން ފުލުހުންގެ ބަޔަކާ ދިމާވުމާ ގުޅިގެން އަނބުރާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމަށް އެދިފައިވާ ކަމަށެވެ.

އެގޮތުން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ވެހިކަލުގައި އަނބުރާ ހޮސްޕިޓަލަށް ގެންގޮސްފައި ވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އޭޑީކޭ ފުލުހުން
ހިޔާލު