Bollywood ge bathalaa Koena Mitra 6 mas dhuvahah jalah dhaan jehijje
image
ކޮއެނާ--
0 ކޮމެންޓް
 

ބޮލީވުޑުގެ ބަތަލާ ކޮއިނާ ހަ މަހަށް ޖަލަށް ދާން ޖެހިއްޖެ

ޗެކެއް ބައުންސްވި މައްސަލާގައި ބޮލީވުޑުގެ ބަތަލާ ކޮއިނާ މިތްރާ ހަ މަސް ދުވަހަށް ޖަލަށް ލުމަށް އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، ކޮއިނާ ހަ މަސް ދުވަހަށް ޖަލަށްލާފައި ވަނީ މިމަހުގެ ކުރީކޮޅެވެ.

އުމުރުން 35 އަހަރުގެ ކޮއިނާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ، އިންޑިއާގެ މޮޑަލްއެއް ކަމަށްވާ ޕޫނަމް ސެތީއެވެ. ޕޫނަމް ވަނީ އޭނާއަށް އިންޓަރެސްޓާއެކު 6.28 ލައްކަ ރުފީސް އަނބުރާ ދެއްކުމަށް އެދި ހުށަހަޅާފައެވެ. އެހެންވެ، ކޮއިނާ ވަނީ ތިން ލައްކަ ރުފިޔާގެ ޗެކެއް ޕޫނަމަށް ދީފައި ކަމަށް ވެއެވެ.

އެކަމަކު އެޗެކް ބައުންސްވި މައްސަލައާ ގުޅިގެން ކޮއެނާ އާ ދެކޮޅަށް މައްސަލަ ހުށަހެޅި ނަމަވެސް އޭނާ ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެއީ އޭނާ ބަދުނާމުކޮށްލުމަށް ކުރި ތުހުމަތުތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ދެހާސް ދެވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ކޮއިނާ ވަނީ މުސާފިރާއި އަޔާން އަދި ހޭ ބޭބީ ފަދަ ފިލްމުތަކުން ފެނިފައެވެ. އޭނާ، މުސާފިރުގައި ފެނިގެންދިޔަ ގޮސް ގިނަ ބަޔަކަށް ކަމުދިޔައިރު އެފިލްމުގައި އޭނާ ނެށި، "ސާކީ ސާކީ" ލަވައަކީ މިއަދު ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ލަވައެކެވެ

ހިޔާލު