Visnun thoonu meeheh nama mi sifathah hunnaane
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ވިސްނުން ތޫނު މީހެއް ނަމަ މި ސިފަތައް ހުންނާނެ

ބައެއް މީހުން ބުނާ ގޮތުގައި ވިސްނުން ތޫނު ކަމަކީ އެމީހެއްގެ ނަސީބުގައިވާ ކަމެކެވެ. ނަމަވެސް ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުން އުފެދުމުގައި ވެސް ވިސްނުން ތޫނު ކުދިން ތިބޭއިރު، އަމިއްލަ އަށް ވެސް ވިސްނުން ތޫނު ވެވިދާނެ އެވެ.
ކަމާ ބެހޭ މާހިރުން ބުނާ ގޮތުން އުޅޭ މާހައުލެއްގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް ވިސްނާ ގޮތްތަކަށް ވެސް ތަފާތު ގޮތް ގޮތުން އަސަރު ކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުން ވިސްނުން ތޫނު މީހުންގެ އުޅުމާއި އަދި އެހެނިހެން ސިފަތަކުގައި އެއް ގޮތް ކަންތައްތަކެއް ވެއެވެ.

އެގޮތުން ވިސްނުން ތޫނު މީހުންނަކީ އެހެން މީހުންގެ ކަންތައްތަކާއި ބެހުމާއި މީހުންގެ ވާހަކަތައް ދެއްކުން ފަދަ ކަންތައްތަކާއި ދުރު މީހުންނެވެ. ނެތި މޮށުމާއި ދެބައޮޑުވުން ފަދަ ކަންތައްތައްކޮށް އުޅޭ މީހުންނެއް ނޫނެވެ.

މީހުން ފަސޭހައިން ހެއްވާލުމަކީ ވިސްނުން ތޫނު ކަމުގެ ސިފައެކެވެ. ކުޑަ ކުޑަ ކަމަކުން ވެސް މީހުން ހެއްވާލެވޭ ފަދަ ސަކަ މިޒާޖެއް ހުންނާނެ އެވެ.

ވިސްނުން ތޫނު ކަމަށް ނަން މަޝްހޫރު މީހުންނަކީ އަމިއްލަ ނަފްސާ ވާހަކަ ދައްކާ އުޅޭ މީހުންނެވެ. ސައިންސްވެރިން ބުނާ ގޮތުން އަމިއްލަ ނަފްސާ ގިނައިން ވާހަކަ ދެއްކުމަކީ ވިސްނުން ތޫނު ކަމުގެ ސިފައެކެވެ.

އަމިއްލަ ކުށްތައް ގަބޫލުކުރުމަކީ ވެސް ވިސްނުން ތޫނު މީހުންގެ ގައިގައި ހުންނަ ސިފައެކެވެ. ކޮންމެ މީހަކީ އެންމެ ފުރިހަމަ މީހަކަށް ނުވެދާނެ އެވެ. އަމިއްލައަށް ކުރާ ކުށްތަކާއި ހެދޭ ގޯސްތައް ގަބޫލުކޮށް އެކަންތައް ރަނގަޅު ކުރާ މީހުންނަކީ އެންމެ ވިސްނުން ތޫނު މީހުންނެވެ.

ވިސްނުން ތޫނު މީހުންނަކީ އެހާ ގިނައިން ވާހަކަ ދައްކާ އުޅޭ މީހުންނެއް ނޫނެވެ. ބޭކާރު ކަންތައްތަކާއި އަޅައި ނުލައި ބޭކާރު ވާހަކަތައް ދައްކައި ނޫޅޭނެ އެވެ.
ސިއްހަތު
ހިޔާލު