Australiage 2 meehun Iran ga hayyaru koffi
image
ޖޯލީ ކިންގް އަދި މާކް ފާކިން--
0 ކޮމެންޓް
 

އޮސްޓްރޭލިއާ ދެ މީހުން އީރާނުގައި ހައްޔަރުކޮށްފި

އޮސްޓްރޭލިއާގެ ދެ ރައްޔިތުން އީރާނުގައި ހައްޔަރުކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ޖޯލީ ކިންގް އަދި މާކް ފާކިން އެވެ. އޭގެ ތެރެއިން ޖޯލީ ކިންގަކީ އިނގިރޭސި ޕާސްޕޯޓު ވެސް އޮންނަ މީހެކެވެ.

އެ ދެ މީހން ދިޔައީ އޭޝިއާ އާއި މެދުއިރުމައްޗަށް ކުރަމުން ދިޔަ ދަތުރުތަކުގެ މައުލޫމާތު ބްލޮގެއް މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އީރާނުގެ ތެހްރާނުން އެ ދެ މީހުން ހައްޔަރު ކުރީ މީގެ 10 ހަފްތާ ކުރިންނެވެ. އެކަމަކު އެކަން ހާމަވީ އިއްޔެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނީ އެ ދެ މީހުންގެ އާއިލާއާ ގުޅިފައިވާ ކަމަށާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ފަހަކަށް އައިސް އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ވަނީ ގިނަ މައްސަލަތަކެއް ޖެހެން ފަށާފަ އެވެ.
ހިޔާލު