70 aharuge firihenaku Zuvaan Badminton thari Sindhu ah kaiveni kohdheyn edhijje
image
70 އަހަރުގެ ފިރިހެނަކު ބެޑްމިންޓަން ތަރި ސިންދޫއާ ކައިވެނިކޮށްދޭން އެދުން--
1 ކޮމެންޓް
 

70 އަހަރުގެ ފިރިހެނަކު ބެޑްމިންޓަން ތަރި ސިންދޫއާ ކައިވެނިކުރަން އެދިއްޖެ

އިންޑިއާއަށް ނިސްބަތްވާ 70 އަހަރުގެ ފިރިހެނަކު އެގައުމުގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޕީވީ ސިންދޫއާ ކައިވެނި ކުރަން ބޭނުންވެ އެކަމަށް އެދި ރަސްމީ އިދާރާތަކަށް ލިޔެކިޔުންތައް ހުށަހަޅައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބެޑްމިންޓަނުން ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ، 24 އަހަރުގެ ސިންދޫ އާ ކައިވެނި ކުރަން ބޭނުންވެގެން ހުށަހަޅާފައި ވަނީ ޓެމިލް ނާޑޫ ސްޓޭޓަށް ނިސްބަތްވާ މަލައިސާމީ ކިޔާ މީހެކެވެ.

ކޮންމެ ގޮތެއް ހަދާފައިވާ ވެސް ސިންދޫއާ ކައިވެނި ކުރާނެ ކަމަށް އެމީހާއާ ހަވާލާދީ ނޫސްތަކުގައި ބުނާއިރު ކައިވެނި ކުރަން ބޭނުން ވަނީ ބެޑްމިންޓަނުން އޭނާ ހޯދާފައިވާ ކާމިޔާބީތަކާ ގުޅިގެން ކަމަށް ވެސް ބުނެ އެވެ. އެގޮތުން އެކަމަށް ސިންދޫ އެއްބަސްނުވެއްޖެ ނަމަ ގަދަކަމުން ވިޔަސް ކައިވެނި ކުރާނެ ކަމަށް އެމީހާ ބުންޏެވެ.

އެ މީހާއަކީ ކައިވެންޏެއް ކޮށްގެން މީހެއްކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެ އެވެ. ސިންދޫ މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވާއިރު އޭނާ މިވަގުތު އެންމެ ބޮޑަށް ފޯކަސް ކުރަމުން ދަނީ ކެރިއަރަށެވެ.

ސިންދޫގެ ހަޔާތަށް ފިލްމެއް ހެދުމަށް ތައްޔާރުވަމުން އަންނައިރު އޭނާގެ ރޯލަށް އެންމެ އެކަށީގެން ވަނީ ދީޕިކާ ޕަޑުކޯނު ކަމަށް މީގެ ކުރިން ސިންދޫ ބުނެފައި ވެއެވެ.


ބެޑްމިންޓަން ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސިންދޫއަކީ އޮލިމްޕިކް ރިހި މެޑަލެއް ހޯދި އިންޑިއާއަށް ނިސްބަތްވާ ފުރަތަމަ އަންހެން އެތުލީޓެވެ.

މިއަހަރުގެ ކޮމަންވެލްތްސް ގޭމްސްގައި ވިމަން ސިންގަލްސް އިން އޭނާ ވަނީ ރިހި މެޑަލެއް ހޯދާފަ އެވެ. ސިންދޫއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ 2012 ވަނަ އަހަރު، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަނުގެ ވޯލްޑް ރޭންކިންގެ އެންމެ މޮޅު ވިހި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުމުންނެވެ.

އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ބެޑްމެންޓަން ދާއިރާ އިން އިންޑިއާ ފަހުރުވެރިވާނެ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.
ހިޔާލު

ނަކީ

ތިވާނީ މީހަކު ހަވާލު ކުރި ޑެއަރ އަކަށް...