Fahun faisa dhakkaa gothah Universal aai eku mihaaru konme qaumakah ves dheveyne
image
ސިންގަޕޯ އެއާލައިންސް
2 ކޮމެންޓް
 

ފަހުން ފައިސާ ދައްކާ ގޮތަށް ޔުނިވާސަލްއާ އެކު މިހާރު ކޮންމެ ގައުމަކަށްވެސް ދެވޭނެ

ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކޮންމެ ގައުމަކަށްވެސް ދަތުރުކުރެވޭނެ ހާއްސަ ސްކީމެއް ޔުނިވާސަލް ޓްރެވަލްސް އިން ތައާރަފުކޮށްފި އެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ޓިކެޓަށް ފައިސާ ދެއްކޭ މިސްކީމް ތައާރަފްކޮށްފައިވަނީ "ފްލައި ނައު - ޕޭ ލޭޓާ"ގެ ނަމުގަ އެވެ.

ޔުނިވާސަލް ޓްރެވަލްސް އަކީ ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކެއްގެ އެޖެންޓްކަން ކުރާ ކުންފުންޏަކަށް ވާތީ ޔުނިވާސަލްގެ މިސްކީމުގެ ދަށުން ކޮންމެ އެއާލައިނަކުން ވެސް ޓިކެޓް ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މި ސްކީމްގެ ދަށުން ފައިސާ ދެއްކެނީ ބީއެމްއެލްގެ އީޒީ ޕޭ މެދުވެރިކޮށެވެ.

ދިވެހިންގެ ތެރޭގައި ޗުއްޓީއަށް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ޔުނިވާސަލްގެ ސްކީމަށް އާންމުންގެ ޝައުގުވެރިކަން ބޮޑުކަން ސޯޝަލް މީޑިއާ އިން ފާހަގަކުރެވެ އެވެ.
ހިޔާލު

ކާލި

ދުނިޔޭގެ ހުރިހާ ކަމެއް ދަރަނިން ކުރާގޮތަށް މިއޮނަނީ ދަރަނިން މުޅި ޤައުމު ހިންގަނީ !

ސައުދާން

ކޮލިގޭ މީހުންގެ ތައްޕާހުގަ ދިރިއުޅެ އެމީހުންގެ އަޅުންނަވާކަށެއް ދިވެހީން ބޭނުމެއް ނުވޭ. މިހާރު އެވިސްނަނީ ދިވެހީން އަދިވެސް ދަރަނުވެރިކުރުވަން.