Idhikolhu memberun vadhe 241 committee hoonuvehjje
image
0 ކޮމެންޓް
 

އިދިކޮޅު މެންބަރުން ވަދެ 241 ކޮމެޓީގެ ހޫނުވެއްޖެ

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ މައްސަލަ ތަހުގީގުކުރުމަށް ބޭސްވި ކޮމެޓީއީއަށް އިދިކޮޅު މެންބަރުން ވަދެ އަޑުގަދަކުރަން ފެށުމުން ކޮމެޓީ ހޫނުވެއްޖެއެވެ.
މި މައްސަލަ ހޫނުވެފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކޮމެޓީ އަޑުއައްސަވަން ތިއްބާފައި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަ ދައްކަވަނިކޮށް އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.

މިއަދު ކޮމެޓީގައި ބަހުސަކަށް ވެފައިވަނީ، މަރު ކޮމިޝަނުން ފޮނުވާފައިވާ ޑރ. އަފްރާޝީމް އަލީގެ ރިޕޯޓު ދިރާސާ ކުރުމަށް އެކުލަވާލި ސަބް ކޮމެޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން ސަބް ކޮމެޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެކަނި ރިޕޯޓު ފާސް ކުރެއްވި ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވުމުންނެވެ.

އާޒިމް ވާހަކަ ދައްކަވަނިކޮށް ޝިޔާމް އަޑުގަދަކުރެއްވުމުން އާޒިމް ވަނީ ކޮމެޓީގެ މުގައްރިރުގެ އަރިހުން ޝިޔާމް ނެރުމަށް އެދިފައެވެ.

ކޮމެޓީގެ މުގައްރިރު އެދިލެއްވުމުންވެސް ގިނަ އިރުތަކެއް ވަންދެން ޝިޔާމް އަދި ސައީދު އަޑުގަދަކުރެއްވިއެވެ. އެ ބޭފުޅުންނަށް ރައްދު ދެއްވުމަށް އެމްޑީޕީގެ މެންބަރުންވެސް ވަނީ އަޑުގަދަކޮށް ކަމާނުގުޅޭ މެންބަރުން ނެރެދިނުމަށް އެދިފައެވެ.
މަޖިލިސް 2019
ހިޔާލު