Masthuvaa thakehchaai eku Velidhoo in kuda kujjaku hayyaru koffi
image
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

މަސްތުވާތަކެއްޗާ އެކު ވެލިދޫން ކުޑަކުއްޖަކު ހައްޔަރުކޮށްފި

ނ. ވެލިދޫގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ކުއްޖާ ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ މެންދުރުފަހު 2:00 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މި ކުއްޖާ ހައްޔަރުކޮށް އެވަގުތު މި ކުއްޖާ ހުރި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. އަދި އެ ގޭ ގޯތިތެރެ އިތުރަށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 266 ސެލޯފިންކޮޅު ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ހިޔާލު