America in Pakistan ah 9 askaree helicopter vikkan nimmaifi
image
0 ކޮމެންޓް
 

އެމެރިކާއިން ޕާކިސްތާނަށް ނުވަ އަސްކަރީ ހެލިކޮޕްޓަރު ވިއްކަން ނިންމައިފި

އެމެރިކާއިން ޕާކިސްތާނަށް 170 މިލިއަން ޑޮލަރުގެ ނުވަ އަސްކަރީ ހެލިކޮޕްޓަރު ވިއްކަން ނިންމައިފިއެވެ.

ދާދި ފަހުން އެގައުމުން 700 މިލިއަން ޑޮލަރުގެ އަށް ޖެޓު ވެސް ޕާކިސްތާނަށް ވިއްކާފައިވާ އިރު އިންޑިއާއިން ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.

ޕާކިސްތާނަށް ވިއްކަން އުފައްދާ ހެލިކޮޕްޓަރުތައް 2018 ގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށާއި އެ މުއާމަލާތުގެ ކޮންޓްރެކްޓުގައި ނުވަ އަސްކަރީ ފިއުލް ކިޓް ވެސް ހިމެނޭނެ ކަމަށް އެމެރިކާގެ ދިފާއީ އިދާރާއިން މައުލޫމާތު ދެއެވެ.

އެ ފިއުލް ކިޓްތަކަކީ މިދިޔަ އަހަރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޕާކިސްތާނަށް ވިއްކާނެ ކަމަށް ބުނި 950 މިލިއަން ޑޮލަރުގެ އަސްކަރީ ހާޑްވެއާ ތަކުގެ ތެރޭގައި ހިމެނޭ ކިޓްތަކެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު