Bainal agvaamee vaige traffic 2015 gai 6.8 insahtha ithuruvefai vey: UN
image
0 ކޮމެންޓް
 

ބައިނަލްއަގްވާމީ ވައިގެ ޓްރެފިކް 2015 ގައި 6.8 އިންސައްތަ އިތުރުވި: އދ

ބައިނަލްއަގްވާމީ ވައިގެ ޓްރެފިކް 2015 ވަނަ އަހަރުގައި 6.8 އިންސައްތަ މަތިވެފައިވާ ކަމަށް އދ. ގެ ސިވިލް އޭވިއޭޝަން އޭޖެންސީ އިން ބުނެފިއެވެ.

އެގޮތުން ދުނިޔޭގެ އެއާލައިންތަކުން ކުރާ ދަތުރުތަކުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެމެރިކާއަށް ނިސްބަތްވާ ތިން އެއާލައިނަކަށް ކަމަށް ބައިނަލްއަގްވާމީ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެންމެ ބާރުބޮޑު އެއާޕޯޓްތަކުގެ ލިސްޓުގެ އެއްވަނަ އަދި ތިންވަނަ ޖާގަތަކުގައި އެމެރިކާގެ ދެ އެއާޕޯޓެއް ހިމެނޭއިރު ޗައިނާގެ ބެއިޖިންގް އެއާޕޯޓް އޮތީ އެ ލިސްޓުގެ ދެވަނައިގައެވެ.

އޭގެ އިތުރުން އެއާލައިންތަކުގައި ފެންވަރު ރަނގަޅު ކުރުމާއި ގުޅިގެން ފަސިންޖަރުންނަށް ދަތުރުކުރެވޭ ޖާގަ 80.2 އިންސައްތައަށް އިތުރުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ބައިނަލްއަގްވާމީ ގޮތުން ބަލާއިރު މުދަލުގެ ޓްރެފިކް އިތުރުވެފައިވާ މިންވަރު ވަނީ 2014 ވަނަ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ.

އެގޮތުން 2014 ގައި އެ އަދަދު 4.9 އިންސައްތަ އިތުރުވެފައިވާ އިރު 2015 ވަނަ އަހަރު އެ އަދަދު އިތުރުވެފައިވަނީ 2.2 އިންސައްތައަށް ކަމަށް އައިސީއޭއޯ އިން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު