Intermilan balikoha juventus in leaguge ge ehvanaiga hamajehilaifi
image
ޔުވެންޓަސް އާއި އިންޓަމިލާްން ބައްދަލު ކުރި މެޗްގެ ތެރެއިން: ފޮޓޯ
0 ކޮމެންޓް
 

އިޓަލިއަން ޅިގްގެ ގަދަ ދެ ބާރު ކަމަށްވާ ޔުވެންޓަސް އާއި އިންޓަމިލާްން ބައްދަލު ކުރި ވާދަވެރި މެޗް ފޯރިގަދަ ކުލުމަކަށްފަހު ޔުވންޓަސް އިން ކާމިޔާބު ކޮއް ލީގްގެ އެއްވަނަގައި ހަމަޖެހިލައިފިއެވެ.

އިޓަލިއަން ޅިގްގެ ގަދަ ދެ ބާރު ކަމަށްވާ ޔުވެންޓަސް އާއި އިންޓަމިލާްން ބައްދަލު ކުރި ވާދަވެރި މެޗް ފޯރިގަދަ ކުލުމަކަށްފަހު ޔުވންޓަސް އިން 0-1 ގެ ނަތީޖާ އަކުން ކާމިޔާބުކޮއް ލީގްގެ އެއްވަނަގައި ހަމަޖެހިލައިފިއެވެ. މި މެޗަށް ނިކުން އިރުވެސް ޔުވެންޓަސް އޮތީ 40 ޕޮއިންޓާ އެކު ލީގް ގެ އެއްވަނައިގައެވެ. dhi2
ރޭ ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމުގައި ކުޅުނު މި މެޗްގައި މެޗުގެ ފުރަތަމަ ލަނޑު، އަދި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މާރިއޯ މަންޒުކިޗް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔާއޯ ކަންސޭލޯ ނަގައިދިން ބޯޅައަކުންނެވެ.

ރޭގެ މެޗު ވާދަވެރިކޮށް ފެނުއިރު އިންޓަ މިލާނުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން އިންޓަ މިލާންގެ މާސެލޯ ބުރޮޒްވިކް އިސްދައުރެއް ރޮނާލްޑޯ ހިފެހެެއްޓުމުގައި އަދާކުރިކަން ފާހަގަ ކުރެވެއެވެ.

މި ނަތީޖާ އާއެކު އިޓަލިއަން ލީގްގެ އެއްވަނައިގަ 43 ޕޮއިންޓާއެކު ޔުވެންޓަސް އޮތް އިރު ދެވަނައިގައި ނަޕޯލީ އޮތީ 32 ޕޮއިންޓާ އެކުއެެވެ. އަދި ރޭގެ މެޗުން ބަލިވި އިންޓަމިލާން އަށް ލިބެނީ 25 ޕޮއިންޓާއެކު ތިންވަނައެވެ. ނަޕޯލީ މިއަދު ކުޅޭނީ ރެލިގޭޝަނުގައި އޮތް ފްރޮސިނޯނޭއާ ދެކޮޅަށެވެ.
ހިޔާލު