Aa Aharaeku Kylie ge Isthashiganduge Kulayah Badhalu
image
ކައިލީ ޖެނާ---
0 ކޮމެންޓް
 

އާއަހަރާއެކު ކައިލީގެ އިސްތަށިގަނޑުގެ ކުލަޔަށް ބަދަލު

އުމުރުން 21 އަހަރުގެ ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އަކީ ގިނަ ބައެއް ފޮލޯކުރާ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. 2018 އަށް އަލްވަދާއު ކިޔަމުން އޭނާ ވަނީ އޭނާގެ ސަޕޯޓަރުންނަށް ސަޕްރައިޒެއް ދީފައެވެ.
އިންސްޓާގުރާމު މެދުވެރިކޮށް އޭނާގެ އާ ފެނިލުން މިދިޔަ އަހަރުގެ 31 ވަނަ ދުވަހު ދައްކާލާފައިވާއިރު ކައިލީގެ އިސްތަށިގަނޑު ފެނިގެންދިޔައީ މަޑު ނޫ ކުލައިންނެވެ. ކައިލީ އަކީ ވަރަށް ގިނައިން އިސްތަށިގަނޑުގެ ކުލަ ބަދަލުކުރާ ފަރާތެކެވެ. މަޑު ނޫކުލަ ޖެއްސުމުގެ ކުރިން އޭނާގެ އިސްތަށިގަނޑު ހުރީ ބުލޮންޑު ކޮށްފައެވެ.
View this post on Instagram

🥶

A post shared by Kylie (@kyliejenner) on


ކައިލީގެ އާ ފެނިލުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ އަށް ވަނީ ގިނަ ލައިކްސް ލިބިފައެވެ. އުމުރުން 21 އަހަރުގެ ކައިލީ އަކީ ކައިލީ ކޮސްމެޓިކްސުގެ ވެރިފަރާތެވެ.

ކައިލީގެ އުމުރުން 10 މަހުގެ އަންހެން ކުއްޖަކު ހުރެއެވެ. އެއީ އޭނާގެ ލޯބިވެރިޔާ ޓްރަވިސް ސްކޮޓް އަށް ލިބިފައިވާ ކުއްޖެކެވެ. ދެމީހުން ލޯބީގެ ގޮތުން 2017 ވަނަ ގުޅިފައިވާއިރު އެދެމީހުން ކައިވެނި ކުރަނީ ކޮން އިރަކު ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް ދެމީހުން އެންގޭޖުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކައިލީ ޖެނާ
ހިޔާލު