Mi Aharau 9000 ah Vure Gina Teacherun Schoolthakugai Kiyavaidheyne
image
ފޮޓޯ:އޭދަފުށި ޓައިމްސް---
0 ކޮމެންޓް
 

މިއަހަރު ނުވަ ހާހަށްވުރެ ގިނަ ޓީޗަރުން ސުކޫލުތަކުގައި ކިޔަވަދޭނެ

މިއަހަރު ނުވަ ހާހަށްވުރެ ގިނަ ޓީޗަރުން ސުކޫލުތަކުގައި ކިޔަވަދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސީއެންއެންމާ ވާހަކަ ދައްކަމުން އެމިނިސްޓްރީން ބުނީ ލަފާކުރެވޭ ގޮތުގައި މިއަހަރު 9800 ޓީޗަރުން ސުކޫލުތަކުގައި ކިޔަވައިދޭނެކަމަށެވެ. އެގޮތުން އެއީ ދިވެހި 7900 ޓީޗަރުންނާއި 1900 ބޭރު ޓީޗަރުންކަމަށް އެމިނިސްޓުރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ސީއެންއެމްއަށް މައުލޫމާތު ދެމުން ވަނީ ހުރިހާ ސުކޫލަކަށް ޓީޗަރުން ހޯދާފައިވާ ކަމަށާއި ސުކޫލުތައް ހުޅުވޭއިރަށް ހުރިހާ ޓީޗަރުންވެސް ސުކޫލުތަކާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބޭރުގެ ޓީޗަރުން ވެސް ރާއްޖެ އަށް އަންނަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ގިނަ ސުކޫލުތަކަށް އަދިވެސް ޓީޗަރުން ހަމަނުވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އެކަމާ ގުޅިގެން އެމިނިސްޓުރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އަންނަ އާދިއްތަ ދުވަހު ސުކޫލުތައް ހުޅުވޭއިރު އެލްކޭޖީ އިން ގުރޭޑު 12 އާ ހަމަޔަށް ޖުމްލަ 73035 ދަރިވަރުން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ރާއްޖޭގައި 200 އަށް ވުރެ ގިނަ ސުކޫލުތަކުގައި މިދިޔަ އަހަރު 81027 ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވެއެވެ. އެހެން ކަމުން މިއަހަރު ސުކޫލުތަކުގައި ކިޔަވާ ދަރިވަރުން މިދިޔަ އަހަރަށްވުރެ 7992 ކުދިން މަދެވެ.
ހިޔާލު