Male' ge ehge thereygai zuvaanaku maruvefai ohvaa fenihje
image
މާލެ: މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ފިރިހެނެއް.-- ފައިލް ފޮޓޯ
0 ކޮމެންޓް
 

މާލޭގެ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މ. ރަމާގުލްޝަން ގޭގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހަވީރު 4:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އޭނާ މަރުވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ފުލުހުން ވެސް އެކަމާ ގުޅޭގޮތުން އަދި މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ރޭ ހުޅުމާލޭގައި ވެސް 27 އަހަރުގެ އަންހެން ކުއްޖަކު މަރުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަމީން އެވެނިގައި ދިރިއުޅޭ އެ ކުއްޖާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ، އެ ކުއްޖާ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހިސްޕިޓަލަށް ގެންދިއުމުން އެ ތަނުންނެވެ.

ހުޅުމާލޭގައި މަރުވެފައި ވަނީ ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ އެވެ. އޭނާ މަރުވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވެއެވެ.
މާލެ މަރު ޕޮލިސް
ހިޔާލު