ޖޯން ކާނީ ޑައިރެކްޓްކޮށްފައިވާ ހޮލީވުޑް ފިލްމު "ބިގިން އެގެއިން" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައިފިއެވެ.
ދެހާސް ތޭރަ ވަނަ އަހަރު ރިލީޒްކުރި "ބިގިން އެގެއިން" ގެ ހިންދީ ރީމޭކް ޑައިރެކްޓްކުރާނީ ޝަޝަންކާ ގޯޝް އެވެ. މިދިޔަ އަހަރު ނެރުނު ކާމިޔާބު ހިންދީ ފިލްމު "ވީރޭ ޑި ވެޑިން" ގެ ޑައިރެކްޓަރަކީވެސް ޝަޝަންކް އެވެ.
އިންޑިއާގެ ބައެއް ނޫސްތަކާއި ހަވާލީދީ ހަބަރުތައް ލިބޭ ގޮތުގައި އެ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު އަންނަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ. "ބިގިން އެގެއިން"ގެ ހިންދީ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކުރަނީ އަރުޝަދު ސައިދު އަށެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދާ އެ ފިލްމުގެ ކާސްޓުން ފައިނަލް ކުރަން ނިންމާފައިވަނީ ސްކްރީންޕްލޭގެ މަސައްކަތް އެއްކޮށް ނިމުނީމައެވެ.
"ބިގިން އެގެއިން" އަކީ އެމެރިކާގެ މެންހަޓަންގައި ދިރިއުޅޭ އަދި ކާމިޔާބު ރިކޯޑް ލޭބަލް އެކްޒެކެޓިވަކަށް ވާން މަސައްކަތް ކުރާ މީހަކާއި ޒުވާން އަންހެން ލަވަކިޔުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމަކީ ވަރަށް ބޮޑަށް މިއުޒިކާ ގުޅިފައިވާ ފިލްމެއް ކަމުން ހިންދީ ފިލްމުގައި ވެސް މިއުޒިކްގެ ބައިތައް ހިމަނައިގެން ރަހަތައް ހެޔޮވަރު ކުރަން ޑައިރެކްޓަރު ޝަޝަންކް ނިންމާފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ އަޑުތައް ފެތުރިފައެވެ.
"ބިގިން އެގެއިން" ގެ ލީޑު ރޯލުން ފެނިގެންދިޔައީ މާކް ރަފަލޯ އާއި ކެއިރާ ނައިޓްލީ އެވެ.