Himansh aa beheygothun ehnme fahun Neha vaahaka dhahkaifi
image
ނެހާ އާއި ހިމާންޝް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހިމާންޝް އާ ބެހޭގޮތުން އެންމެ ފަހުން ނެހާ ވާހަކަ ދައްކައިފި

ބޮލީވުޑުގެ ކާމިޔާބު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ހިމާންޝް ކޯލީ އާ ބެހޭގޮތުން އެންމެ ފަހުން ނެހާ ވާހަކަ ދައްކައިފިއެވެ. Dhiraagu
ދާދި ފަހުން އިންޑިއާގެ ނޫހެއް ކަމަށްވާ "ދައިނިކް ބާސްކަރް" އަށް ދިން އިންޓަވިއުއެއްގައި ނެހާ ވަނީ އޭނާއާ ހިމާންޝްގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ހިމާންޝް އާ ރައްޓެހިވެގެން އުޅުނުއިރު ނެހާގެ އާއިލާ އަށާއި ރަހުމަތްތެރިންނަށް ވަގުތު ނުދެވޭ ކަމަށް ނެހާ ވަނީ ބުނެފައެވެ.

ނެހާ ބުނިގޮތުގައި އޭނާ އޭރު ހުރިހާ ވަގުތެއް ހުސްކޮށް ދިނީ އޭނާގެ ލޯބި ހައްގު ނޫން ފަރާތަކަށް ކަމަށެވެ. ނަމަވެސް އެކަން ހިމާންޝް އަށް ނުވިސްނުނު ކަމަށާއި އޭނާގެ އަބަދުގެ ޝަކުވާއަކީ އެކުގައި ވަގުތު ހޭދަނުކުރުން ކަމަށް ނެހާ ވަނީ ބުނެފައެވެ.

ނެހާ އިތުރަށް ބުނީ އޭނާ މިހާރު ނުބައި ގުޅުމަކުން ސަލާމަތްވެއްޖެ ކަމަށެވެ. އަދި މިހާރު އާއިލާގެ މީހުންގެ މުހިންމު ކަން އެނގޭ ކަމަށާއި އެކަން އިހުސާސްކޮށްދިނީތީ ހުރިހާ ކަމަކަށް މިހާރު ޝުކުރުވެރިވާ ކަމަށެވެ.

އިތުރަށް ލޯބީގެ ގޮތުން މީހަކާ ގުޅެން ބޭނުން ނުވާ ކަމަށާއި ހުސްކޮށް ހުރުމުން އުފާވާ ކަމަށްވެސް ނެހާ ވަނީ ބުނެފައެވެ.

އުމުރުން 30 އަހަރުގެ ނެހާ އާއި 29 އަހަރުގެ ހިމާންޝް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެމީހުން އެއްބަސްވެފައި ވަނީ މަޝްހޫރު ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް" ސީޒަން 10ގެ ތެރެއިންނެވެ. ގިނަ ބަޔަކަށް އެ ދެމީހުންގެ ޖޯޑު ކަމުގޮސްފައިވާއިރު ދެމީހުން ވެސް ވަނީ ސޯޝަލް މީޑިއާގައި ލޯބީގެ ޕޯސްޓުތައް ކޮށްފައެވެ.

އޭގެ އިތުރުން ނެހާ ވަނީ އައިޑަލްގެ ތެރެއިން ހިމާންޝް އާ ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނެސްދިނީ ނެހާ އާއި ހިމާންޝް ވެސް އެކަކު އަނެކަކު އިންސްޓާގުރާމް އެކައުންޓު އަންފޮލޯ ކުރުމުންނެވެ. އަދި ދެމީހުން އެކުގައި ނަގާފައި ހުރި ވީޑިއޯ ތަކާއި ފޮޓޯތައް ނެހާ އިންސްޓާގުރާމް އެކައުންޓުން ނަގާފައި ހުރުމުންނެވެ.

އެދެމީހުން ރުޅިވި ހަބަރު ފެތުރިފައި ވަނިކޮށް އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް އަސަރު ގަދަ މެސެޖުތަކެއް ނެހާ ވަނީ ހިއްސާ ކޮށްފަ އެވެ. އެއަސަރު ގަދަ މެސެޖުތަކާއެކު އޭނާ ވަނީ ފަހުން ހިމާންޝް ކިޔާ މީހަކު ނުދައްނަ ކަމަށް ވެސް ބުނެފައެވެ.

ނެހާ ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި އާކް މާރޭ، ދިލްބަރް، ކާލާ ޗަޝްމާ، ޗީޒް ބަޑީ، މާހީ ވޭ، މިލޭ ހޮ ތުމް، އާ ތޯ ސަހީ އަދި އޯ ހަމްސަފަރް ހިމެނެއެވެ.
ހިޔާލު