Jai Mammy Di ah zuvaan actor Sunny!
image
ސަނީ ސިންގް...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

"ޖެއި މަންމީ ދީ" އަށް ޒުވާން އެކްޓަރު ސަނީ!

އަންނަ ޖުލައި މަހުގެ ރިލީޒްކުރަން ތާވަލް ކުރަމުން އަންނަ ހިންދީ ފިލްމު "ޖެއި މަންމީ ދީ" އަށް ބޮލީވުޑްގައި ހުރި ޒުވާން އެކްޓަރު ސަނީ ސިންގް ސޮއިކޮށްފިއެވެ.
ފިލްމު ޖުލައި މަހަށް ތާވަލް ކުރި ނަމަވެސް މާގިނަ ތަފްސީލްތަކެއް އަދި މީޑިއާ ތަކަށް އާންމުކޮށްފައެއް ނުވެއެވެ.

ހަބަރުތައް ބުނާ ގޮތުގައި "ޖެއި މަންމީ ދީ" ގައި ބަތަލާގެ ރޯލުން ފެންނާނީ ބޮލީވުޑްގައި އަރަމުން އަންނަ ބަތަލާ ސޮނާލީ ސޭގަލް އެވެ.

ޓީސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގައި ލީޑު ރޯލު ކުޅެން ނިންމާފައިވާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެރެ، ބޮޑު ކާމިޔާބީ އެއް ވެސް ހޯދާފައިވާ ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.

"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ސަނީއާ އެކު ސޮނާލީ ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ "ޕިޔާރް ކާ ޕަންޗްނާމާ 2" ފަދަ ފިލްމު ތަކުގައި ވެސް މޮޅު އެކްޓިން ދައްކާފައެވެ.

ހިޔާލު