Sarukaaruge mathee maslahathakee minivan kamai siyadhathu kashavarukoh dhemehettun: Chief of staff
image
0 ކޮމެންޓް
 

ސަރުކާރުގެ މަތީ މަސްލަހަތަކީ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް ދެމެހެއްޓުން: ޗީފް އޮފް ސްޓާފް

ސަރުކާރުގެ އެންމެ މަތީ މަސްލަހަތަކީ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް ދެމެހެއްޓުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަކީ ސިޔާސީ ބޭނުމަކަށް ބަޔަކު ހަގީގަތް ނޭނގިތިބެ ދައްކާ ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން ކަމަށެވެ.


"އެއީ އެއަށްވުރެ މާ ސާފު މާ ހަރުދަނާ އެއްޗެއް. މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް ދެމެހެެއްޓުން އެއީ ސަރުކާރުގެ އެންމެ މަތީ މަސްލަހަތު" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން އަމަލު ކުރަމުން ދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދުވަސްވަރެއްގައެވެ.

އިދިކޮޅުން ބުނަމުން ދަނީ ރާއްޖޭގައި އިންޑިއާގެ ސިފައިން ބޭ ތިއްބުމަކީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގެންދިއުމަށް ފަހި ކުރާ މަގެއް ކަމަށެވެ.
ހިޔާލު