Meehehge iskolhu hunna varuge cabbage hahdhaifi
image
ރޯޒްމެރީ އާއި އޭނާ ހެއްދި ކެބެޖު---
0 ކޮމެންޓް
 

މީހެއްގެ އިސްކޮޅު ހުންނަވަރުގެ ކެބެޖެއް ހައްދައިފި

އޮސްޓްރޭލިއާގެ ދެމެފިރިން މީހަކާ އެއްވަރުގެ ކެބެޖެއް ހައްދައިފިއެވެ.
އެ ކެބެޖު ހައްދާފައިވަނީ ރޯޒްމެރީ ނޯރްވޫޑް އާއި އެނާގެ ފިރިމީހާ ސީން ކަޑްމޭންއެވެ. ރިޕޯޓުތައް ބުނާގޮތުގައި އެކެބެޖު ހައްދާތާ މިހާރު ނުވަ މަސް ވެއްޖެއެވެ. އެގޮތުން އެމީހުން އެކެބެޖު އިންދާފައިވަނީ މިދިޔަ އަހަރުގެ އެފްރީލް މަހުގެ ތެރޭގައި ތަސްމޭނިއާގައި ހުންނަ އެމީހުންގެ އެކޯ-ޓުއަރިޒަމް ގެސްޓުހައުސް ގައެވެ.

ސީއެންއެން އަށް ދިން އިންޓަވިއުގައި ރޯޒްމެރީ ބުނީ މިއީ އާންމުކޮށް ކާމިޔާބު ވާ ކަހަލަ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރެވުނީ މޫސުން ވެސް ތަން ދިން ގޮތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަނޑުހައިވެފައި ހުންނަ ސޫފިތަކުން އެކެބެޖު ސަލާމަތް ކުރުމަށް ދާގަނޑަކުން އެކެބެޖު ފޮރުވާލާފައިވާއިރު އެކެބެޖުން ދެހަފްތާ ވަންދެން ރަނގަޅަށް ކާން ބޭނުން ކުރެވޭނެ ކަމަށް ރޯޒްމެރީ އާއި އެނާގެ ފިރިމީހާ ސީން ވަނީ ބުނެފައެވެ.

ހިޔާލު