Acting CP aai PG Majilis committee ah
image
އެކްޓިން ސީޕީ ހަމީދު އަދި ބިޝާމް.
2 ކޮމެންޓް
 

އެކްޓިން ސީޕީ އާއި ޕީޖީ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރު ކުރަން ހުށަހަޅަނީ

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރު ކުރަން ހުށަހެޅުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުން ނިންމައިފި އެވެ.
ޕީޕިއެމް އާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، އެ ދެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރަނީ ރައީސް ޔާމީނާ މެދު އިންސާފުން އެއްކިބާވެގެން ފުލުހުން ހިންގި ތަހުގީގަކަށް، ޕީޖީ އޮފީހުން ދައުވާ ކުރަން ފޮނުވާފައިވާތީ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅަނީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"[ރައީސް ޔާމިނުގެ] މައްސަލައަކީ ގާނޫނު އަސާސީގައިވާ ހައްގުތައް ކަށަވަރު ކޮށްދިނުން، 17 ވަނަ މާއްދާ ތަފާތު ނުކުރުން، 19 ވަނަ މާއްދާގައި މަނާ ކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން، 20 ވަނަ މާއްދާ ހަމަހަމަ ކަން، 33 ވަނަ މާއްދާ ނަމާއި އަބުރު ރައްކާތެރި ކުރުން، 40 ވަނަ މާއްދާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު، 45 ވަނަ މާއްދާ ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުން، 55 ވަނަ މާއްދާ މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުމާ ހިލާފުވާ މައްސަލައެއް،" ޕީޕީއެމްގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނެވި އަލީ އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ މައްސަލަ އަކީ ފުލުހުން ގަނޫނުތަކާއި ހިލާފަށް ހުށަހަޅައިގެން، ސިޔަސީ ބޭނުމަކަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ޕީޖީ ބިޝާމް އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް އެކްޓިން ސީޕީ ހަމީދު ހާޒިރު ކުރަން ހުށަހެޅީ އޭނާގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސޮއި ކުރައްވައި ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
ހިޔާލު

އެބޯވްދަލޯ

ވަށަފަރު މީހުން އުނބަށްޖެހި ވާހަކައަކީ ހަގީގީވާހަކައެއް. އަދި އެމީހުންގެ ގައިގައި މީހަކު ޖަހައިފިއްޔާ ބުނާނެ ދެންޖަހާބަލާށޭ. އެހާޥެސް ގޮތްދޫނުކުރާ ސިނކުޑީގައި އުނިކަމެއް ހުރި މީހެއް މީނައަކީ.

އަޖީތު

ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅޭ ގޮތުން ސުވާލުކުރާކަށް ހާޒިރެއް ނުކުރެވޭނެ. އެއީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއް. އެއީ ޝަރީއަތަށް ނުފޫޒު ފޯރުވުން. މިއީ މަޖިލީހުގެ އިހްތިސާސްގައި އޮތް ކަމެއް ނޫން.