Dhalathuge Stand Badhaluvumun, Mausoomge Kunfunyah 22 Million Rufiya!!
image
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު މައުސޫމް (ކ-3): ފޮޓޯ މިހާރު
7 ކޮމެންޓް
 

ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން ކުރީގެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ ކުންފުންޏަކަށް 22 މިލިއަން ރުފިޔާ!!

ރާއްޖެއަށް އެތެރެކޮށްފައިވާ ސިގިރޭޓު ޝިޕްމަންޓެއްގެ ޑިއުޓީއާއި ގުޅޭގޮތުން ދައުލަތުގެ ސްޑޭންޑު ބަދަލުވުމުން ފެންކުންފުނީގެ ކުރީގެ ޗެއަރމަން އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކޯޓަށް ވައްދާފައިވާ މައްސަލައެކެވެ. އޭރު އެޓާނީޖެނެރަލްކަމުގެ މަގާމުގައި ހުންނެވީ، މުހައްމަދު އަނިލްއެވެ. އޭރު ދައުލަތުގެ ވަކީލުން ބުނަމުން ދިޔައީ މި ފައިސާއަކީ ދައުލަތުން ދައްކަންޖެހޭނެ ފައިސާއެއް ނޫންކަމަށެވެ. އެހެން މަވެސް، މިދިޔަ ހަފްތާގެ ބުަދަ ދުވަހު ސިވިލް ކޯޓުގައި ދައުލަތުގެ ވަކީލުން ބުނެފައިވަނީ ސީޖީޓީން ޑިއުޓީގެ ގޮތުގައި ދެއްކި 22 މިލިއަން ރުފިޔާ އަނބުރާ ދޭންޖެހޭނެކަމަށެވެ.

ސިނގިރޭޓު ކުންފުނިން ސިނގިރޭޓު އެތެރެކުރުމަށް މަސައްކަތް ކޮށްފައިވަނީ ޑިއުޓީ ބޮޑުކުރުމުގެ ކުރިންނެވެ. އަދި ޑިއުޓީ ބޮޑުކުރުމުގެ ކުރިން ކްލިއަރެންސް ފޯމުތައް ވެސް އެ ކުންފުނިން ކަސްޓަމްސްއަށް ހުށަހެޅިއެވެ. އެހެން ނަމަވެސް ކަސްޓަމްސް އިން އެ ފޯމުތައް އަނބުރާ ފޮނުވާލާފައިވަނީ ސިނގިރޭޓު ޝިޕްމަންޓު އޭރު ރާއްޖެ ނާންނާތީއެވެ. މިވީތަނަށް ދައުލަތުން ބުނަމުން ދިޔައީ ސިޖީޓީ ކުންފުނިން 22 މިލިއަން ރުފިޔާ ދެއްކީ ރަންގަޅަށް ކަމަށާއި، އެ ފައިސާ އަލުން އަނބުރާ ދޭން ނުޖެހޭނެ ކަމަށެވެ.

އޭޖީގެ ސްޓޭންޑް ބަދަލުވުމާއެކު، ސިވިލް ކޯޓުން ކަސްޓަމްސްގެ މައްޗަށް އަމުރުކުރީ ސީޖީޓީން ހޯދަން އެދުނު 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަ މަސް ތެރޭގައި ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ. ހުކުމުގައިވާ ގޮތުން، އެއީ ސީޖީޓީ އަށް ކަސްޓަމްސް އިން އަނބުރާ ދޭން ޖެހޭ ފައިސާ ކަން ދައުލަތުގެ އިއުތިރާފުން ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ.

ފެން ކުންފުނީގެ ޗެއާމާން މައުސޫމް މަސްއޫލިއްޔަތުން ދުރުކޮށް ގޭގައި މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނީ، އެމްއެމްޕީއާރުސީން ހިހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ހިންގި ތަހުގީގުގައި މައުސޫމުގެ ހިއްސާ އޮން ކުންފުންޏަކަށް 5.7 މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީއެވެ. ނަމަވެސް މައުސޫމް ވިދާޅުވެފައިވަނީ އެ މައްސަލައިގައި ކަރަޕްޝަނުގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައި ނުވާނެކަމަށެވެ. އަދި އެ މައްސަަލައިގެ ތަހުގީގުކޮށްދިނުމަށް މައުސޫމް ވަނީ އޭސީސީގައި އެދިލައްވާފައެވެ.
ހިޔާލު

ކަރިންބެ

މިސަރުކާރުން މިކުރަނީ މިކަމެއްނޫންތޯ؟ ޕާރޓީ ކުދިންނަށް މިލިޔަން މިލިޔަނުން ލާރިދެނީ. ޕީއެސްއެމުން އިކޮނޮމިކް މިނިސްޓަރު ގެ ކޮއްކޮގެ ކުންފުންޔަށް 78 މިލިޔަން ދޭން ނިންމާ 30 މިލިޔަން ދިނީ. މިފަހަރު ކަސްޓަމަށް މިހެހުނީ ފެންކުންފުނީގެ ޗެއަމަން އެމްޑީޕީގެ ބޮޑެއް ކަމުގައިވާ މައުސޫމަށް 22 މިލިޔަން ދޭން. މިގޮތަށްދީ އިސާހިތަކު މާލިއްޔަތު ހުސްކޮށްލާނެ.

ahmed

މީރާވާގެން ކުރާ ބޮޑަތި ވަށްކަން.މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ރައީތުންގެ ހަޒާނާއިން ވަގަށް ނަގައިފި. ބިގުމީހުންނަށް 78 މިލިއަން މައުސޫމުއަށް 22.5 މިލިއަން.

ކްރީމްޖެހިބަނަސް

ސަރަހައްދީ ދެބަނދަރަށް އެތެރެކުރާ ތަކެތިން 30 ޕަސެންޓް ޑިއުޓީ ކުޑަކޮށްދޭން ވަޒީރުންގެ މަޖިލީހުން ނިންމާ އެތަކެތީގެތެރޭ ސިނގިރޭޓް ހިމެނުމުން 2011 ފެބްރުއަރީގައި ކެމަލް ސިނގިރޭޓް 20 ފޫޓުގެ ދެކޮންޓެއިނަރ ދެފަހަރެއްގެ މަތިން މާލޭ ބަނދަރަށް ނުބާލާ ދޯންޏަށް އަރުވައިގެން ކުޅުދުއްފުއްޓަށް ގެންގޮސް ކްލިއާކޮށްފައި ކުޅުދުއްފުއްޓަށް ނުބާލާ އަލުން މާލެއަށް ގެނައުމުގެ ފަހަތުގައި އޮތީ ކަރަޕްޝަން. އޭރު ސަރުކާރުގެ އިސްމަގާމުގައި ސިނގިރޭޓުގެ ވިޔަފާރިކުރައްވާ މީހުން ތިބި. https://archive.mv/dv/articles/apKGE
ޖެނުއަރީ 2012 ގައި ރީތިވުމަށް ބޭނުންކުރާ ސާމާނުން ޑިއުޓީ މާފުކުރިއިރު އޭގެތެރޭ ސެންޓް ހިމެނޭތީ އެންމެބޮޑަށް ފައިދާކުރީ ލެކިއުޓް ހިންގާ ލިންޓެލް ކުންފުންޏަށް. ލިންޓެލް ކުންފުނީގައި ސީޖީޓީގެ ދެހިއްސާދާރަކު ހިއްސާދާރުން ގޮތުގައި ހިމެނޭ https://archive.mv/dv/articles/jNqY9
މިހާރުގެ ރައީސަށް ލަފާ ދިނުމަށް ހަދާފައިވާ ކޮމިޓީގައި ލިންޓެލްގެ ދެހިއްސާދާރަކާއި ހިއްސާދާރެއްގެ ދަރިއެއް ހިމެނޭ
https://mihaaru.com/news/49206

ދެބޯގެރި

ޝަރުޢީ ނިޒާމު ހަރުދަނާކުރަން އައި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ އަޑު އިވުމުން ލަދުން ބޯ ފަޅައިގެންދާވަރުވޭ ހުއްޓުމެއްނެތި ސިނގިރޭޓު އެތެރެކުރަމުންދާ ބަޔަކު އަބަދުވެސް އެއްސިޕްމަންޓަށްފަހު އަނެއް ސިޕްމަންޓު އެތެރެކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އެއީ ސިނގިރޭޓަކީ ޑިމާންޑް ބޮޑު އެއްޗަކަށްވެފައި ހުސްވިޔަ ނުދިނުމެވެ. ނަމަވެސް މިއީ ޑިއުތީއާ ގުޅުމެއްވާކަމެއްނޫނެވެ. އެތެރެކުރުމުގެ ކުރިން ޑިއުޢި ބޮޑުކޮށްފިނަމަ ޑިއުޓީ ބޮޑޫކުރިފަހުން އެތެރެކުރާ އެއްޗަކަށް ދައްކަންޖެހޭނީ ބޮޑު ޑިއުޓީއެވެ. ނަމަވެސް މިސަރުކާރުގެ ބަނޑާރަ ނައިބުގެ ވާހަކަތައް ބަދަލްވެ މިސަރުކާރުގެ އިސް ބޭފުޅަކު ކުންފުނީގެ ފަރާތުން ވަކާލާތުކޮށް ދައުލަތުގެ ވާހަކަތައް ބަދަލްކޮށް މައުސޫމަށް ދައުލަތުން ފައިސާ ދިނުމަކީ މިސަރުކާރުގެ އިންސާފާ ހަމަ ކަށަވަރުވެގެންދާ ކަމެކެވެ. ޔާމީނު ސަރުކާރަށްވުރެ ކަންކަމުގައި ހައްދުންނެއްޓިގެންދާ މަންޒަރު މިފެންނަނީ ދައުލަތުގެ ފައިސާ ފޭރޭ މަންޒަރު މި ފެންނަނީ ކޯޓުތައް މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން އެންމެންވެސް ގަންނަނީ ހަމަ އެއްގަނޑެއް

އިހްލާމް ސައީދު

ސީ.އެން.އެމް އިން މި އާޓިކަލް ލިޔެފަ އޮތް ގޮތް ފުރިހަމަވެފަ ވަކި ފަރާތަކަށް ނުޖެހޭކަން ފާހަގަކުރަން. އިތުރަށް ފުރިހަމަވީސް ތި މައްސަލައިގަ މައުސޫމްގެ ކުންފުނީގެ ފަރާތުން ވަކާލާތު ކުރީ ޙިސާން ކަން ފާހަގަކުރިނަމަ. ޙިސާންއާއި (އޭޖީ) ރިއްފަތުއަކީ (އެޖީކަމާ ޙަވާލުވުމާ ހަމައަށް) ބިޒްނަސް ޕާޓްނާސް (ހިސާން ރިއްފަތު އެންޑް ކޯ ލޯފާމް). އެ މައްސަލަ ކޯޓަށް ވެއްދިއިރު އޭރުގެ ޤާނޫނީ ވަކީލު ރިއްފަތުގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ މައްސަލައެއް އެ މައްސަލައަކީ. ރިއްފަތު އޭޖީކަމާ ހަވާލުވެގެން ފުރަތަ ބޭއްވި ޝަރީޢަތުގަ އިޢުތިރާފްވީ ދައުލަތުން (ދިވެހިރައްޔިތުން) ދައްކަންޖެހޭ ފައިސާކަމަށް. #ޒީރޯޓޮލަރެންސް

އިބޫ ސޯލިހް

ރައްޔިތުންގެ ލާރިން ވައްކަންކުރި މީހުންނަށް އިތުރު 22 މިލިއަން. އެޖެންޑާ19

ދަރީ

ދައުލަތުން ގަވާއިދާ ހިލާފަށް އެއްވެސް އެއްޗެއް ނަގާފަ އޮތްނަމަ އެއެއްޗެއް ދޭންޖެހޭނެ