New Zealandge Miskithakah Dhin Hamalaagai 49 Meehun Maruvejje
image
1 ކޮމެންޓް
 

ނިއު ޒީލޭންޑު މިސްކިތްތަކަށް ދިން ހަމަލާގައި 49 މީހުން މަރުވެއްޖެ

ނިއު ޒީލޭންޑު ކްރައިސްޓުޗާޗު ސަރަހައްދުގައި ދެ މިސްކިތްތަކަށް ދިން ހަމަލާގައި 49 މީހުން މަރުވެ 20 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
މި ހަމަލާއާއި ގުޅިގެން އެގައުމުގެ ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެެވެ. އަދި އޭގެ ތެރެއިން އެކަމުގެ މައްޗަށް ދައުވާ އުފުލާފައެވެ. އާދިއްތަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރާނެއެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވިދާޅުވެފައިވަނީ މި ހަމަލާ ދީފައިވަނީ ކަނާތު ފިޔައަށް ބުރާ ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓުންތަކެއް ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީވެސް ނިއު ޒީލޭންޑުގެ ރައްޔިތުންނެވެ.

މިއީ ނިއުޒިލޭންޑުގެ ތާރީހުގައިވެސް ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ހަމަލާދިން އެކަކުވަނީ އޭނާ ހަމަލާ ދިންތަން ފޭސްބުކުން ލައިވް ވެސް ކޮށްފައެވެ. ނަމަވެސް ނިއުޒިލޭންޑު ސަރުކާރުން ވަނީ އެ ވީޑިއޯ ނުފެތުރުމަށް އެދިފައެވެ. ފޭސް ބުކުން މިހާރު ވަނީ ހަމަލާ ދިން މީހާގެ ފޭސް ބުކް އެކައުންޓާއި އިންސްޓަގުރާމް އެކައުންޓު ބޭން ކޮށްލާފައެވެ.
ހިޔާލު

އެފޭ

މަރުވީ