"FirihenKameh Nuvatha AnehenKameh Hurinama Sarukaarun Isthufaadheyne"
image
ގާސިމް އިބްރަހިމް: ފޮޓޯ މޯލްޑިވްސް ޓައިމްސް
11 ކޮމެންޓް
 

ޖޭޕީން ކެނޑޭނަމަ ސަރުކާރުން އިސްތުފާދޭން ޖެހޭނެ: ޤާސިމް

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ޕާޓީން ވަކިވެ ވަޑައިގަންނަވާނަމަ ސަރުކާރުން ވަކިވާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން ވަނީ މީޑިއާތަކުގައި ގާސިމް ވިދާޅުވި އެއްޗެއް ފަހުން ތަރުޖަމާ ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ "ޗެޓު ލޮގުތަކުގައި ގާސިމް އިބްރާހިމް އިޝާރާތް ކުރައްވަނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް" ކަމަށެވެ. ވިމާ ގާސިމް އެދިލައްވަނީ ޖުމްހޫރީ ޕާޓީން ކެނޑޭނަމަ އެ ޕާޓީން ސަރުކާރަށް ހޮވާފައި ހުރި ބޭފުޅަކުނަމަ ސަރުކާރުގައި އޭރު ހުންނެވި މަގާމުން އިސްތިއުފާ ދެއްވާށެވެ.

"އަމުދުން މަގާމުގައި ހުރި ކޮންމެ ބޭފުޅަކު ވެސް އެ މަގާމުގައި ހުންނެވުމުގެ ބޭނުމުގައި، ޖޭޕީ އިން ވަކިވެ ވަޑައިގަންނަވާނަމަ ފުރަތަމަ ކުރައްވަންވީކަމަކީ އެ ވަޒީފާއިން [ސަރުކާރު] އިސްތިއުފާ ދެއްވުން ނޫންތޯ؟ އެއީ ނޫންތޯ ފިރިހެންކަމަކީ ނުވަތަ އަންހެކަމަކީ ނުވަތަ އިންސާނިއްޔަތު ކަމަކީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ދާދިފަހުން ސަރުކާރު ކޯލިޝަން ބައްދުވުންތައް ނުބާއްވާތީ ވެސް އެމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް އޮފީހުން އެ މައްސަލައިގައި ބުނަނީ ކޯލިޝަން ބައްދަލުވުންތައް ބާއްވަނީ ޕާޓީތަކުން އެދިގެންކަމަށެވެ. ޕަޓީތަކުން އެދިއްޖެނަމަ ބައްދުލުން އެޖެންޑާ ކޮށްދޭނީ ރައީސް އޮފީހުން ކަމަށެވެ. ސަބަބަކީ ހަތަރު ލީޑަރުންގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާތީއެވެ.


ހިޔާލު

ޙަބީބު

ސަރުކާރަކީ ސޭޓުގެ ވިލާކުންފުނިތަ ލަދުހަޔާތް ކުޑަ

ލަކޫ

ދިވެހިރާއްޖޭގެ ބައިތުލް މާލު ލޫޓުވާލައިގެން ދައުލަތުގެ މާލިއްޔަތު އަޅުވެތިކޮށްގެން ތިބި ތިން ހަތަރު ސޭޓުން ފަރާތުން އެމީހުން ތަމުސީލުކުރަން ނެރެފައިވާ ކުޑަ ސޭޓް ބަލިކުރަން ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ މިނިވަން ވާންވީ !

އަލީ

ވަޒީފާއިން ވަކިކުރެވިދާނެ، ޕާޓީންވެސް ވަކިކުރެވިދާނެ އެކަމަކު ނަހުލާއަށް ހަދާނީ ކިހިނެތް؟ އެކަންކުރާނެ ފިރިހެންވަންތަކަން ގާސިމުގެ އެބަހުރިތަ؟

މުހަންމަދު ކަލޯ

ރަގަޅު ގޮތް ނުވިސްނޭ ފަހަރުވެސް އަތުވެދާނެ. އެކަމަކު މިވަރެއް ނުދެކެން. ތިގޮތް ހުންނާތީ އަމިއްލައަށް ލަޑު ލިބިގަނެވެނީ . މިދުވަސްކޮޅުވެސް ކީއްތަވާނީ ރައްޔިތުންގެ ކަންކަމާ ގުޅުންހުރި ބިލްތައް ފާސްކުރެވޭތޯ ބެލިއްޔާ. އޭރުން ތާއީދު ލިބޭނީ.

އަލީފަރުހާދު

ގާސިމު ހެޔޮ ކޮންމެ ގަނޑެއްގަތަސް ގާސިމު ސަރުކާރަށް ބެވިޔަސް ސަރުކާރުން ފޮނުވާބިލްތަކަށް ވޯޓުނުދިނަސް ގާސިމް އިސްތިއުފާދީގެން ނުވޭ .

ސަން

ފިރިހެންކަމާއި އަންހެންކަމަކީ ގާސިމު އުޅޭފާޑަށް ރައްޔިތުން ވޯޓްލައިގެންހޮވާ ކޮންމެ ސަރުކާރަށް ޖެއްސުން ކުރުމެއްނޫން.

ތުނިޔަ

މިވަރުގެ ގޮތެއް ފޮތެއް ނެތް މީހެއް މިގައުމުގަ ހުރިހެނެއް ހިޔެއްނުވޭ! ވަރަށް ވިޔާނުދާ އަމިއްލައެދުން ބޮޑު މީހެއް!

ޙުސައިން

ގާސިމް އަކީ ފިރިހެނަކަށްވާނީ މަޖިލީސް ރައީސްކަމުން އިސްތިއުފާދީގެން

ކަލް

. ރާއްޖޭގެ ހަލާކު

އަހައްމާ

ގާސިމް މޮޔަވީތޯ ؟ ޖުމްހޫރީ ޕާޓީއަކީ ގާސިމް އަމިއްލަ ތަރިކަ މުދާތޯ ؟ އެއީ ސަރުކާރުގެ މާލިއްޔަތުންނާއި ރައްޔިތުން ބައިވެރިވާ ގާނޫނީ ބާރުލިބިގެންވާ ރައްޔިތުންގެ ހައްގެކެވެ. ޖޭޕީ ކިޔަސް އެއީ ގާސިމްގެ ތަރިކަ މުދާގަޑެއްނޫނެވެ. ޕާޓީ ހިންގޭނީ ކައުންސިލުން ނިންމާ ނިންމެވުމެއްގެ މައްޗަށެވެ. ގާސިމު ވަކިކުރުމުގެ ބާރު ވެސް ކައުންސިލާއި އާއްމު މެމްބަރުންނަ ލިބިގެންވާކަން ގާސިމަށް ނޭގެނީތޯ ؟ ގާސިމު ވެސް ތިމަގާމަށް ( ރައްޔިތުންގެ މަޖުލިސްގެ ރައީސްކަމަށް ) އައީ ޖެޕީ ކޯލިޝަނުންނެވެ. ޖޭޕީ ކޯލިޝަނުން ވަކިވާނަމަ ތިމަގާމުން އިސްތިއުފާ ދޭށެވެ. އެކަން ކުރަން ކެރޭނެ ތޯ ؟

ނަޙޫ

ފިރެހެން ކަމެއް ގާސިމްގެ ހުރިނަމަ ސަރުކާރުން ވަކިވީސް. ސަރުކާރުގަ ހުރެގެން ޖެއްސުން ކުރުމަށް ވުރެން އެގޮތްވެސް ރީތި ދޯ