Pooja Sharma dhevana dharifulhah bandubodu
image
ޕޫޖާ އާއި އޭނާގެ ފިރިމީހާ---
0 ކޮމެންޓް
 

ޕޫޖާ ޝަރްމާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު

"ދިޔާ އޯރް ބާތީ ހަމް" އިން ފެނިގެންދިޔަ އެކްޓަރެސް ޕޫޖާ ޝަރްމާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް އޭނާ ބުނެފިއެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ޕޫޖާ ދެވަނަ ދަރިއަކަށް ބަނޑުބޮޑަކަން ހާމަކޮށްފައިވާއިރު އޭނާ ވަނީ ފުރަތަމަ ދަރިފުޅުގެ ފޮޓޯއެއް ހިއްސާކޮށް ވަރަށް އަވަހަށް ހަތަރު މެންބަރަކުންގެ އާއިލާ އަކަށް ވާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ޕޫޖާގެ ފިރިމީހާ ވެސް ވަނީ އިންސްޓަގުރާމު މެދުވެރިކޮށް އޭނާ އާއި ޕޫޖާ އަދި ފުރަތަމަ ދަރިފުޅުގެ ފޮޓޯ ހިއްސާކޮށްފައެވެ. ޕޫޖާގެ ސަޕޯޓަރުން އޭނާ އަށް ތަހުނިޔާ ކިޔަމުން އަންނަ އިރު ގިނަ ބަޔަކު މިހާރު ތިބ ޕޫޖާ ވިހާނެ ދުވަހަކަށެވެ.


ޕޫޖާ ކައިވެނިކޮށްފައިވަނީ ޑައިރެކްޓަރު ޕުޝްކަރް ޕަންޑިތު އަށް 2016 ވަނަ އަހަރުއެވެ. އެދެމީހުނަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2017 ވަނަ އަހަރުއެވެ. އެފަހަރު އެމީހުނަށް ލިބުނީ އަންހެން ކުއްޖެކެވެ.
ހިޔާލު