MDP ah libunu bodu molhaaeku veevaudhu fuhdhumah meehaku 24 gadiiru fathanee
image
ފިރާސް އޭނާގެ ރަހުމަތްތެރިންނާއެކު މޫދުގައި: ފޮޓޯ ސޯޝަލް މީޑިއާ
2 ކޮމެންޓް
 

އެމްޑީޕީއަށް ލިބުނު ބޮޑު މޮޅާއެކު ވައުދު ފުއްދުމަށް މީހަކު 24 ގަޑިއިރު ފަތަނީ

މިދިޔަ ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 50 ގޮނޑި ކާމިޔާބު ވެއްޖެނަމަ 24 ގަޑިއިރު ނުހުއްޓި ފަތާނެކަމަށް ބުނި މއ. ލޭކް ވުޑް، ފިރާސް އަފީފް، އޭނާގެ ވައުދު ފުއްދުމަށް ޓްރެކް ސަރަހައްދުގައި ފަތަމުން އެބަދެއެވެ.
ވައުދު ފުއްދުމަށް ފިރާސް ފަތަން ފަށާފައި ވަނީ އިއްޔެ މެންދުރު ފަހު 2:00 ގައެވެ. އެހެން ކަމުން 24 ގަޑިއިރު ހަމަވާނީ މިއަދު މެންދުރުފަހު 2:00 އަށެވެ. މިހާރު ވެސް ޓްރެކް ސަރަހައްދުގައި އޭނާ ފަތަމުން އަންނައިރު އޭނާއާއެކު ފެތުމުގައި ބައެއް މީހުން ވަނީ ބައިވެރިވެފައެވެ.

ފިރާސްއަކީ ފެތުރެންތެރިއެކެވެ. އަދި ފަތަން ދަސްކޮށްދޭ ކޯޗެއް ވެސް މެއެވެ.


ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައިވާއިރު މިއީ މަޖިލިސް އިންތިހާބެއްގައި އެއް ޕާޓީއަކުން އެހާ ގިނަ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އެމްޑީޕީ ފެތުން
ހިޔާލު

މުހައްމަދު

ދިވެހިން މީ 100% މުސްލިމް ގައުމެއް ކަމަށް ބުނެފަ އޮންނަ ގައުމެއްވީމާ. ހިތަށްއެރީ ޖިހާދަށް ދާމީހުންވެސް ނަމާދަށް އަރާ. ކިހިނެއްބާ މިސޮރުގެ ނަމާދު ކަންކަން ކުރިއަށް ދިޔައީ.

އ މ

ތިޔަކަހަލަ ވައުދު ފުއްދާކަށް ނުޖެހޭ. ތެދެއް ކަމަށް ވިއްޔާ ފަރުޟު ކިތައް ނަމާދު ތިޔަ ގެއްލުވައިލީ. އަދި މިހެންގޮސް އެތައް ކަމެއް. . . ވަރަށް ދެރަ، ދެންވެސް ތިޔަކަހަލަ ވައުދު ނުވުން ބުއްދިވެރި.