Dhuvaahalu 20 Cigarette Boegen gain vas filuvan dhe gadiiru nagaa: Shahid
image
ޝާހިދު ކަޕޫރް--
0 ކޮމެންޓް
 

ދުވާލަކު ވިހި ސިނގިރޭޓު ބޮއެގެން ގައިން ވަސް ފިލުވަން ދެ ގަޑިއިރު ނަގާ: ޝާހިދު

ޑައިރެކްޓާ ސަންދީޕް ވަންގާގެ ކުރިއަށް އޮތް ފިލްމު "ކަބީރް ސިންގް" ގެ ޝޫޓިންގައި ދުވާލެއްގެ މައްޗަށް ވިހި ސިނގިރޭޓު ބޮއެފައިވާނެކަމަށް އެފިލްމުގައި ކަބީރުގެ ރޯލުން ފެނިގެންދާ ޝާހިދު ކަޕޫރު ބުނެފިއެވެ.
"ކަބީރު ސިންގް" އަކީ ކާމިޔާބު ތަމަޅަ ފިލްމު "އަރްޖުން ރެއްޑީ" ގެ ހިންދީ ރިމޭކެކެވެ. އެފިލްމުގައި ކިއާރާ އަދި ޝާހިދުގެ އިތުރުން ސުރޭޝް އޮބްރޯއީ ވެސް ފެނިގެންދާއިރު ފިލްމު ނެރޭނީ އަންނަ ޖޫން މަހުގެ 21 ގައެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހިދު މިވަނީ ފިލްމުގެ ޝޫޓިންތަކުގެ ތެރެއިން ދިމާވި ބައެއް ކަންކަން ވެސް ހިއްސާކޮށްފައެވެ. އެގޮތުން ޝާހިދު ބުނީ، އޭނާ ސިނގިރޭޓު އެއްގޮތަކަށް ވެސް ނުބޯ ކަމަށާއި އެކަމަކު އެ ކަބީރުގެ ރޯލުގައި އޭނާއަށް ސިނގިރޭޓުވެސް ބޯން ޖެހުން ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ވިހި ސިނގިރޭޓު ބޯން ޖެހުން ކަމަށާއި އޭނާގެ ދަރިންގެ ކައިރިއަށް ގެއަށް ދިއުމުގެ ކުރިން ގައިން ވަސް ފިލުވުމުވަށްޓަކައި ފެންވަރާކަމަށާއި އެކަމަށް ވެސް ދެ ގަޑިއިރުވަރު ހޭދަވާ ކަމަށް ޝާހިދު ބުންޏެވެ.

އެފިލްމުގެ ޓީޒާ މީގެ ދުވަސްކޮޅެއް ކުރިން ނެރެފައިވާއިރު ޓީޒާ ބެލުމަށް ފަހު ގިނަ ބަޔަކު ވަނީ ޝާހިދަށް ތައުރީފުކޮށްފައެވެ.

ޝާހިދު އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރެނު ފިލްމު "ބައްތީ ގުލް މީޓަރު ޗާލު" އިންނެވެ. އޭގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު ނެރެނު ފިލްމު 'ޕަދްމާވަތު" ގައި ވެސް މަސައްކަތްކޮށްފައެވެ.
ހިޔާލު