Fuluhun mi aharuves villimalegai Quran mubaaraatheh baahavanee
image
މީގެ ކުރިން ބޭއްވި ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތުގެ ތެރެއިން---ފޮޓޯ:ޕޮލިސްލައިފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފުލުހުން މިއަހަރުވެސް ވިލިމާލޭގައި ގުރުއާން މުބާރާތެއް ބާއްވަނީ

"ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތް 1440" ނަމުގައި ގުރުއާން މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތު ގައި ބައިވެރިވުމުގެ ފުރުސަތު ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ހުޅުވާލައިފިއެވެ.
ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޤުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ އުމުރުފުރާތަކަކީ ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާއެވެ. އެއިން ކޮންމެ އުމުރު ފުރާއަކުން ވެސް ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އާއި އަދި މުޅި މުބާރާތުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ހޮވޭ ކުއްޖަކަށް ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރަމަލާން މަހަށް ހާއްސަކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމް ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ލިބެންހުންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ ޤުރުއާން މުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއެކު ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނުން ބާއްވަމުން އަންނަ ޤުރުއާން މުބާރާތެކެވެ.
ފުލުހުން
ހިޔާލު