Male miskithah maraamathkohdheyne bayaku hodhanee
image
ފުރުޤާން މިސްކިތް---ފޮޓޯ:ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މާލޭ މިސްކިތްތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މިސްކިތްތައް މަރާމާތުކޮށްދެން ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަންގޯޅި އޮފީހަށް ވަޑައިގެންނެވުމަށް އެދިފައެވެ.

އެކަމާ ގުޅޭގޮތުގައި މައުލޫމާތު ސާފުކުރުމަށް މިމަހު 28 ވަނަ ދުވަހު އަދި އަގު ހުށައެޅުމަށް މިމަހު 22 ވަނަ ދުވަހު މެންދުރު ފަހު 13:30 ގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަންގޯޅި އޮފީހަށް ވަޑައިގަތުމަށް އެއިދާރާއިން ވަނީ އެދިފައެވެ.

އެއިދާރާއިން ބުނިގޮތުގައި ދަންނަވާފައިވާ ގަޑީގައި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައި ޑީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ އެ ކުންފުންޏެއްގެ ފަރާތުން ބައިވެރިވާކަން އެނގޭނެ ލިޔުމެއް އޮންނަންވާނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ހުރި ހުރިހާ މިސްކިތްތައް ސާވޭ ކޮށްފައި ކަމަށް ބުނެފައެވެ. އަދި މިސްކިތްތަކުގައި ހުރި މައްސަލަތައް ވަކި ވަކިން ނޯޓުކޮށްފައިވާ ކަމަށާއި ޖުމްލަ 29 މިސްކިތެއް މަރާމަތު ކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލް
ހިޔާލު