Addu gai hingi accident eh gai meehaku maruvehje
image
އައްޑޫގައި ހިނގި އެކްސިޑެންޓް.-- ފޮޓޯ: ކިޔުންތެރިޔެއް
1 ކޮމެންޓް
 

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މިއަދު މެންދުރު އައްޑޫ ސީޓީގެ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ވެމްކޯ އައްޑޫ ބްރާންޗުގެ އައިޓީ މެނޭޖަރު ނަބީލް އިބްރާހީމް، 35، މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ނަބީލުގެ އިތުރުން އަންހެނެއް ވެސް ގެންދިޔަ އެވެ. އަދި އެކްސިޑެންޓްގައި ބޮޑެތި ޒަހަމްތަކެއް ލިބުނު ނަބީލް މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާ ކަން ފުލުހުން ވެސް ވަނީ "ސީއެންއެމް" އަށް ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނީ މިއަދު 2:02 ހާއިރު ހިނގި އެކްސިޑެންޓް ހިނގީ ދެ ސައިކަލަކާއި، ވޭނެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި މަރުވީ އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަންހެން މީހާ އަކީ ދެ ވަނަ ސައިކަލު ދުއްވަން އިން މީހާ ކަމަށާއި، އޭނާ އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ލިންކް ރޯޑުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލުގައި ވޭނުން ޖެހި، ކޮންޓްރޯލް ނުވެގެން ގޮސް ލިންކް ރޯޑުގެ ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްގައި ނިޔާވީ އުތުރުން ދެކުނަށް ދިޔަ ސައިކަލު ދުއްވަން އިން މީހާ ކަމަށް ފުލުހުން ބުނެ އެވެ.
ހިޔާލު

ކޮލެޖު ބޯއި

ލިންކް ރޯޑަކީ ހުޅަނގުން އިރަށް އޮތް މަގެއް. ދެން ކިހިނެތް މިމަގުގައި އުތުރުން ދެކުނަށް ދުއްވާފައި ދާނީ