Housing ge kankan mashvaraakurahvan Minister Athifa Addu ah
image
ހައުސިން މިނިސްޓަރު އާމިނަތު އާތިފާ-- ފޮޓޯ: މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ހައުސިންއާ ގުޅުން ހުރި ކަންކަން މަޝްވަރާކުރައްވަން މިނިސްޓަރު އާތިފާ އައްޑޫއަށް

އައްޑޫ ސިޓީގެ ހައުސިންއާ ގުޅުން ހުރި ބައެއް ކަންކަން ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާކުރެއްވުމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، މިނިސްޓަރުގެ އެދަތުރުގައި ހުޅުމީދޫގައި ތަރައްގީކުރާ ހައުސިން ޔުނިޓު ސައިޓަށާއި ހިތަދޫ ހައުސިން ޔުނިޓު ސައިޓުގެ އިތުރުން ފޭދޫ ރޯ ހައުސް ސައިޓަށް ޒިޔާރާތް ކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާނެ ކަމަށެވެ.

މާދަމާގެ ނިޔަލަށް އައްޑޫއަށް މިނިސްޓަރު ކުރައްވާ އެދަތުރުގައި އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކުރައްވާނެއެވެ.


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫ ފޭދޫގައި ވަނީ 25 ރޯ ހައުސެއް އަޅާފައެވެ. އަދި ހިތަދޫގައި 264 ހައުސިން ޔުނިޓް ތަރައްގީކޮށްފައިވާއިރު ހުޅުމީދޫގައި ވަނީ 48 ފްލެޓެއް ވެސް އަޅާފައެވެ.
ހިޔާލު