Nolhivaramfarah Badhaluvi aailaa thakah Boahiyaavahikan dhenee
image
ހދ. ނޮޅިވަރަމްފަރު-- ފޮޓޯ: ސްޓްރީކް
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ނޮޅިވަރަމްފަރަށް ބަދަލުވި އާއިލާތަކަށް ބޯހިޔާވަހިކަން ދެނީ

ހދ. އަތޮޅުގެ ފަރިދޫ އާއި ކުނބުރުދޫ އަދި މާބައިދޫން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކުގެ ގެދޮރުވެރިކަން ހަމަޖެހިފައި ނުވާ 53 އާއިލާއަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ޖުމްލަ 27.88 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން އެރަށުގައި 60 ހައުސިން ޔުނިޓު އަޅާނެއެވެ. އެއީ 2011 ވަނަ އަހަރު އެރަށަށް ބަދަލުވި 181 އާއިލާގެ ތެރެއިން ބޯހިޔާވަހިކަން ލިބިފައި ނުވާ އާއިލާތަކަށް އެކަން ކަށަވަރުކޮށްދޭން ފެށި މަޝްރޫއުއެކެވެ.

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އިއްޔެ ވިދާޅުވީ، އެމަޝްރޫއު ކުރިއަށް ގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވިނަމަވެސް މި ކަމަކީ ވީއެންމެ އަވަހަކަށް ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމުން އެ މަޝްރޫއު ކުރިއަށް ގެންދާނީ ވަކި ހާއްސަ ބަޖެޓެއް އެކުލަވާލައިގެން ކަމަށެވެ.


އެ މަސައްކަތް މިނިސްޓްރީން އިއްޔެ ހަވާލުކޮށްފައި ވަނީ މާރިސް ކޮންސްޓްރަކްޝަން އާއި ސްވިފްޓް އިންޖިނިއަރިންނަށެވެ. އެގޮތުން އެއްބަސްވުމުގައި މާރިސް ކޮންސްޓްރަކްޝަނުގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ސޮއިކުރެއްވިއިރު ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ސައުދުﷲ ހިލްމީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފެވެ.

މިނިސްޓަރު އާތިފާ ވަނީ މިދިޔަ ސަރުކާރުގައި އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނުވަނީ އިޖްތިމާއީ ގޮތުން ބަލާލަންޖެހޭ ވަރަށް އާއިލާތަކަށް އޭރުގެ ސަރުކާރުން ބަލާފައި ނުވާތީ ކަމަށް ވެސް ވިދާޅުވެފައެވެ.
ހިޔާލު

ޢަލީ

އައިސް، މި 60 ގެއަކީ މިހާރު އަޅަންފަށާފަހުރިގެތަކުގެ ތެރެއިން ނިންމާ 60 ގެ. ޢެހެންވީމަ އިތުރު ގަހެއް ރުކެއް ކަނޑަން ޖެހިގެން ނުވާނެ 🙂

ޢަލީ

2011 ގައި ނޮޅިވަރަންފަރަށް ބަދަލުކުރީ ޖުމްލަ 233 އާއިލާ، ގެ ލިބުނީ 181 އާއިލާއަށް. ނުލިބެނީ 52 އާއިލާއަށް

އައިސް

މިހާރު ވެސް ހަދަން ފަށާ ކިރިޔާ ނުނިމި ހުރި155 ގެ އެހުރީ ރޔ ސަރުކާރުން އެ ގެތައް ނިންމަން މަސައްކަތް ކޮށް ނިމިފަ އަނެއްކާ ދެން މިރަށު ގަ ހުރި ރުއްގަސް ކެެނޑީމަ ކިހާ ބޮޑު ގެއްލުމެއް..ކުޅުދުއްފުށީ ކުޅި އެކަނިތޯ ތިމާވެށީގެ ތަރިކަ އަކީ....މިހާރުވެސް އެ އޮތީ ފަޅު ގެތައް ބައިވަރު...މުޒާހަރާ ކުރަންވީ